މައިލޯ ސިޓީ ބަލިކޮށް މިނިވަން ކަޕްގެ  ޗެމްޕިއަންކަން ކްލަބް ލޮތާރިއަށް – މޮޅު ކުޅުންތެރިޔާއަށް ހާޒިމް ފަހުމީ

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެގެ ޗެމްޕިއަންކަން ޕެނަލްޓީގައި ހިތަދޫ މައިލޯ ސިޓީ ބަލިކޮށް  މީދޫ ކްލަބް ލޮތާރިން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅެވުނު ފޯރިގަދަ ފައިނަލު މެޗު 2 – 2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4 – 2 ން ލޮތާރިން މައިލޯ ސިޓީ ބަލިކުރިއިރު ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލޮތާރި ޓީމް ގުސައްޔު އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެކެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ލޮތާރިއެވެ. ލޮތާރިއަށް މިލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ސަބާހުއެވެ. މިމެޗްގައި މައިލޯއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފުރަތަމަ ހާފް ކުޅުން ނިމެން 2 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސަބަޓީއެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

 މިމެޗްގައި ދެވަނަ ފަހަރަށް ލޮތާރިއަށް ލީޑު ހޯދައިދިނީ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 9 ވަނަ މިނިޓްގެ ތެރޭގައި ކޮލީ ތަނަވަސްކޮށްދިން ފުރުސަތަކުން ގުސައްޔުއެވެ.

ގުސައްޔު- ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާ: ގުސައްޔުވަނީ ލޮތާރިޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރަށް ޕެނަލްޓީވެސް ކާމިޔާބުކޮށްދީފައި

އެހެން ނަމަވެސް މައިލޯ ސިޓީން ވަނީ މެޗްގެ ނިމެން 7 މިނިޓަށް ވެފައިވަނިކޮށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިދާންއެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމް 2 ލަނޑު 2 ލަނޑުން އެއްވަރުވެފައި އޮތުމުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހުން ބޭއްވުނެވެ.

ޕެނަލްޓީ ޖެހި ޖެހުމުގައި ލޮތާތި ޓީމުން ޖެހި 4 ޕެނަލްޓީވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.   އެހެން ނަމަވެސް މައިލޯ ސިޓީން ޖެހި 4 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ލޮތާރިޓީމްގެ ކީޕަރު ނާއިލް ވަނީ ދިފާއުކޮށްފައެވެ.    

ޕެނަލްޓީ ޖަހާ ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް  ހޮވާފައިވަނީ މައިލޯސިޓީގެ ހާޒިމް ފަހުމީއެވެ.  ހާޒިމް ފަހުމީ ވަނީ މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ލޮތާރި ޓީމުގެ ކޯޗް މުންސިފުއަށް  ލިބުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ހޯދީ ލޮތާރި ޓީމްގެ ގޯލްކީޕަރު ހަސަން ނާއިލްއެވެ.  އަދި ފެއާ ޕްލޭ ޓީމަކަށް ހުޅުދޫ ޔޫތު ހޮވާފައިވާއިރު ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވާފައިވަނީ ލޮތާރި ޓީމް ޖިމޯއެވެ.

އެންމެ މޮޅު 5 ކުޅުންތެރީން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ  މައިލޯ ސިޓީ ،  ހާޒިމް ފަހުމީ އާއި އެޓީމްގެ ޒިދާންގެ އިތުރަށް ލޮތާރިޓީމްގެ ހަސަން ސަހާފް ،މުހައްމަދު ސަބާހު އަދި ހަސަން ނާއިލްއެވެ.


މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 7000 ރުފިޔާ އެވެ. ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބޭއްވި  މިމުބާރާތް މިއަހަރު ކުރިއަށް ގެންދިޔައީ  23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ އަދި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކު ސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެ ދާއިރާތަކުގެ މިހާރުގެ ...

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް: ރާއްޖޭގެ އަންހެންޓީމު ކުޅުނު ދެމެޗުންވެސް ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީޓީމް ކުޅުނު ދެމެޗުންވެސް  ބަލިވެއްޖެ ...

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސް ޞާލިޙް ވޯޓު ހޯއްދަވާނެ: ސިޔާމް

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ވޯޓުލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ...