“ބެސްޓް އައިލެންޑް އިން އޭޝިއާ” ގެ މަޤާމު ރާއްޖެއަށް

ޓްރެވަލް ޕްލަސް ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ނިއު ޔޯކުގައި ބޭއްވި ޓްރެވަލް ޕްލަސް ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސް ހަފްލާގައެވެ.

ޓްރެވަލް ޕްލަސް ލެޝަރ 2022 ވޯލްޑްސް ބެސްޓް އެވޯޑްސްގައި ރާއްޖެއަށް ލިބުނު “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިންއެވެ.

ޓްރެވެލް ޕްލަސް ލެޝަރ ގްލޯބަލް ވިޝަން އެވޯޑްސްއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ކުންފުނިތަކާއި، ފަރާތްތަކާއި، މަންޒިލްތަކާއި، ޖަމިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްސަ އެވޯޑެކެވެ.

ޓްރެވަލް ޕްލަސް ލެޝަރގެ ” ބެސްޓް އައިލެންޑް އިން އޭޝިއާ” ގެ އެވޯޑާއި ތިލްމީޒާ ހަވާލްވެ ވަޑައިގަތުން: ފޮޓޯ: އެމްއެމްޕީއާރުސީ

މި އެވޯޑު ރާއްޖެއަށް ލިބުމާ ގުޅިގެން އެމް.އެމް.ޕީ.އާރު.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ޤައުމަށް ލިބޭ ފަޚުރެއްކަމަށެވެ. އަދި މިއީ މުޅި މި ސިނާޢަތް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް ލިބޭ ކޮންމެ އެވޯޑަކީ މުޅި ޤައުމަށް ލިބޭ ކާމިޔާބީއެއް، އެއީ ސަރުކާރާއި މިނިސްޓްރީތަކާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމާއި ކޮމިޓްމަންޓްގެ ނަތީޖާ. މަންޒިލް ޕްރޮމޯޓްކޮށް، ވީހާވެސް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން އެންމެން ގުޅިގެން އަބަދުމެ ދަމަހައްޓަން ޖެހޭ މަސައްކަތެއް. ގޮންޖެހުންތައް ގިނަ ނަމަވެސް މަންޒިލެއްގެ ގޮތުގައި، އަބަދުވެސް އަޅުގަނޑުމެންގެ ކޮންޕެޓިޓާސްއަށްވުރެ ކުރީގައި ތިބެންޖެހޭ. މިކަން ހާސިލްކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ތަފާތު އަދި ރަނގަޅު ހިދުމަތްތަކެއް އަބަދުވެސް ދީގެން.” ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ 4 އެވޯޑެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ގްލޯބަލް މައިސް ކޮންގްރެސް އެވޯޑްސް 2022 ގެ މޯސްޓް ޕްރިފާރޑް ޓޫރިސްޓް ޑެސްޓިނޭޝަން 2021 އަދި އެމް.އެމް.ޕީ.އާރު.ސީގެ “ރީޑިފައިނިންގ މައިސް” ކެމްޕޭން ވަނީ އަހަރުގެ އެންމެ މޮޅު މާކެޓިންގ އިނިޝިއޭޓިވްގެ މަޤާމު ހޯދާފައެވެ. މީގެއިތުރުން އޯ.ޓީ.އެމް، މުމްބާއީ ހަރަކާތުގެ ބެސްޓް ސްޓޭންޑް ޑިޒައިން އެންޑް ޑެކަރޭޝަން އެވޯޑު އަދި ޑަބްލިއު.ޓީ.އެމް އެފްރިކާ 2022 ގެ ސްޓޭންޑް ފީޗަރ ގެ އެވޯޑް ހިމެނެއެވެ.

މިއަހަރުގެ ތެރޭގައި ވަކިވަކި ރިސޯޓް އަދި ފަތުރުވެރިކަމުގެ ޙިދުމަތްދޭ ތަންތަނަށް ވަނީ އެކިއެކި އެވޯޑްވެސް ލިބިފައެވެ. މިދިޔަ އަހަރު ރާއްޖެއިން ވަނީ 18 އަށްވުރެ ގިނަ އެވޯޑް ހާސިލްކޮށްފައެވެ. އޭގެތެރޭގައި ވިދިވިދިގެން 2 ވަނަ އަހަރު ކާމިޔާބުކުރި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑްވެސް ހިމެނެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...

އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެ

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ސ. އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ހިމެނިއްޖެވެ. ...

ކޯވިޑް-19 : އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އިތުރު 8 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފިއެވެ. ...