ސެމީ ފައިނަލުގައި ޖިއޯވެންޓާއި ލޮތާރި ބައްދަލުކުރާ ވަރުގަދަ ކުރިމަތިލުން މިއަދު ހަވީރު

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީގައި ހުޅުދޫ  ޖިއޯވެންޓާއި މީދޫ ލޮތާރި ބައްދަލުކޮށް ކުޅެވޭ ސެމީފައިނަލްގެ މެޗް  ކުޅުން މިއަދު ހަވީރު އޮންނާނެއެވެ.

މިއަދު ކުޅެވޭ ސެމީ ފައިނަލްގެ މިމެޗުން  މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނަން ޖެހޭނީ ހިތަދޫ މައިލޯ ސިޓީއާއި މީދޫ ލޮތާރި ޖޫނިއާސް ބައްދަލުކުރާ  ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.

މިމުބާރާތުގެ ސެމިފައިނަލަށް ލޮތާރި ހޮވުނީ އެޓީމް ގްރޫޕް އޭގައި ކުޅުނު  ދެމެޗުން މޮޅުވެ އޭ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ޖިއޯވެންޓް ސެމީފައިނަލަށް ހޮވިފައިވަނީ ބީ ގްރޫޕްގައި އެޓީމް ކުޅުނު ދެމެޗްގެ ތެރެއިން އެއްމެޗުން ބަލިވެ އެންމެޗުން މޮޅުވެ ގްރޫޕް ބީގެ ދެވަނަޓީމްގެ ގޮތުގައެވެ.

ހުޅުދޫ ޖިއޯވެންޓް

ޖިއޯވެންޓާއި ލޮތާރި ބައްދަލުކުރާ ފޯރިގަދަ ސެމީފައިނަލްމެޗްގެ ކުޅުން ފަށާނީ މިއަދު ހަވީރު ފަހެއް ޖަހާއިރު  ހުޅުދޫ ޓާފް ދަނޑުގަ އެވެ.

ފޯރިގަދަ ވާނެކަމަށް ބެލޭވޭ ސެމީ ފައިނަލާއި މިދެޓީމް ކުރިމަތިލާއިރު  ދެޓީމްގައިވެސް މިވަގުތު ހުޅުދޫއާއި މީދޫގައި ތިބި ހުނަރުވެރި މޮޅު ޒުވާން ކުޅުންތެރީން ވަނީ ހިމެނިފައިވެއެވެ.  

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަރުކަށި ފިކުރުގެ މީހެއް މާލެއިން ހައްޔަރު ކޮށްފި

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ފުލުހުންގެ ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނުމެޗް ކާމިޔާބުކުރީ ޓީމް ޓަފްސިކް

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ޓަފްސިކް ކާމިޔާބުކޮށްފިއެވެ. ރޭ ...

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަކަށް އަނެއްކާވެސް ރާއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ދެވަނަ ފަހަރަށް ...