ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

އައްޑޫސިޓީ ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 25 ރަށެއްގެ ޓާފް ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.

 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވުނު ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ.

މި ރަސްމީޔާތުގައި ޑްރެގް ބްރަޝްތައް އެ ރަށްތަކާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފްއެވެ.

މި މެޝިންތައް ވިނަ ދަނޑުގައި ހެދޭ ވިނަތައް ކޮށުމަށާއި، ޓާފް ދަނޑުތަކުގައި ބްރަޝް އެޅުމަށް ބޭނުންކުރެވޭނެއެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝިންތައް ހަވާލުކުރި 25 ރަށަކީ، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ހދ.ނޮޅިވަރަމް، ހދ.ނެއްލައިދޫ، ށ.ފުނަދޫ، ށ.ފޯކައިދޫ، ނ.ކުޑަފަރީ، ނ.ވެލިދޫ، ނ.މަނަދޫ، ރ.ދުވާފަރު، ރ.މާކުރަތު، ޅ.އޮޅުވެލިފުށި، ކ.ގުޅި، ކ.ގުރައިދޫ، އއ.ރަސްދޫ، އދ.މާމިގިލި، ވ.ކެޔޮދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގއ.ވިލިނގިލި، ގދ.ތިނަދޫ އަދި ސ.ހުޅުދޫގެ އިތުރުން ސ.ފޭދޫއެވެ.

މި 25 ރަށުގެ އިތުރުން މިދިޔަ އަހަރުވެސް މި މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެ ރަށްތަކާއި ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ، ފުވައްމުލައް ސިޓީ، ރ.އަލިފުށި، ދ.މީދޫ، ފ.ނިލަންދޫ، އދ.މަހިބަދޫ، ކުޅުދުއްފުށި ސިޓީ، ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ނ.ހޮޅުދޫ، ލ.ގަން އަދި ކ.މާފުށީގެ އިތުރުން ޅ.ހިންނަވަރެއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް މިހާރު ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުއެފާ ނޭޝަންސް ލީގު: ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު ...

ފަހުގެ ތާރީހެއްގައި ހުޅުދޫއާއި މީދޫގައި ފެންބޮޑު ނުވާވަރަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްލިބިއްޖެ

ރެއިންފެށިގެން މެދުކެނޑުމެއް ނެތި އައްޑުއަތޮޅަށް ކުރަމުންދާ ވިއްސާރާގައި ހުޅުދޫއާއި މީދޫއަށް  ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ...

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޯވިޑް ވެކްސިން ހިލޭދިނުން : ރައީސް

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ...