އައްޑޫ އީދު ފެސްޓިވަލް 2022 ގެ ހަރަކާތްތައް ބަލާލުމަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކުރި

‘އައްޑޫ އީދު ފެސްޓިވަލް 2022’ގެ ނަމުގައި މީދޫގައި ކުރިއަށް ގެންދިޔަ  ހަރަކާތްތައް ބަލާލުމަށް ހުޅުމީދޫއަށް ނުވަހާހަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާކަމަށް މީދޫ ޑައިނަމިކް ކޮމިއުނިޓީން ހާމަކޮށްފިއެވެ.

މީދޫ ޑައިނަމިކް ކޮމިއުނިޓީން މިކަން ހާމަކޮށްފައިވަނީ ‘އައްޑޫ އީދު ފެސްޓިވަލް 2022’ ގެ މައުލޫމާތު ” ދައުރު ” ނޫހަށް ދެއްވަމުން އެފެސްޓިވަލް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ހައްވާ މުހައްމަދުއެވެ.

” މީދޫ ޑައިނަމިކް ކޮމިއުނިޓީއަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 9000 ވުރެ ގިނަ މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެސްޓިވަލްގައި ބައިވެރިވުމަށް އައިސްފައިވޭ. އޭގެ ތެރޭގައި އައްޑު އަށް ނިސްބަތް ނުވާ ގިނަ އަދަދެއްގެ މީހުން ހިމެނޭ ” ހައްވާ މުހައްމަދުއާއި ހަވާލާދީ ދައުރު ނޫހުން ހާމަކޮށްފައިވެއެވެ.

މީދޫ ޑައިނަމިކް ކޮމިއުނިޓީން ވަނީ  އައްޑޫގައި މީގެ ކުރިން ދުވަހަކު ވެސް ފާހަގަ ނުކުރާހާ ކުލަގަދަކޮށް މި އަހަރުގެ ބޮޑު މީދޫގައި ފާހަގަކޮށްފައެވެ.

ޑައިނަމިކް ކޮމިއުނިޓީން އީދު ފެސްޓިވަލް ކުރިއަށް ގެން ގޮސްފައިވަނީ އެޖަމްއިއްޔާގެ ޒުވާނުންގެ މަސައްކަތުން ސްޕޮންސަރުން ހޯދައިގެންނެވެ. ސްޕޮންސަރުންގެ އެހީގައި ފެސްޓިވަލްގެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރީ މީދޫގެ ޖަމިއްޔާތަކާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންކަމަށް ހައްވާ މުހައްމަދުއާއި ހަވާލާދީ ދައުރު ނޫހުގައި ހާމަކޮށްފައިވެއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް ހިތަދޫ ރަށްދެބައިގޭ ފާޠިމަތު ނަޞީރު އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް  ފާޠިމަތު ނަޞީރު  އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ...

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ...

އަސްރާ ނޭވާލަނީ އޮކްސިޖަން ޓޭންކެއްގެ އެހީގައި، ހިތާއި ފުއްޕާމޭވެސް ބަދަލު ކުރަން ޖެހޭ

ދުނިޔެވީ ހަޔާތަކީ އެކި އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭ ވަގުތީ މަންޒިލެކެވެ.  އެކި އިންސާނުންނަށް ދިމާވާނީ އެކި އިމްތިހާނުތަކެވެ. އެކި ...