ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފެލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ ވެސް އަސާސީ ކަންކަން ފުރިހަމަވާންޖެހޭ ކަމަށާއި މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށެވެ.
ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ފަލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާނަން،” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރައީސް ސޯލިހު ވިދާޅުވިއެވެ
ކޮމެންޓްސް (0)