ސަރުކާރުގެ އަމާޒަކީ ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތައް ދަރިވަރުންނަށް ހޯދައިދިނުން -ރައީސް ސޯލިހު

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕާ ގުޅޭގޮތުން މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ސްކޮލަޝިޕްތައް ހޯދާފައިވާ ދަރިވަރުން، މަތީ ތަޢުލީމުގެ ދާއިރާތަކުގައި ޙާޞިލްކުރަމުން ދަނީ ވަރަށް ފޮނި ކާމިޔާބީތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުން ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުން ގެންދާކަމީ، ޤައުމުގެ ކުރިމަގަށްޓަކައި އެކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.

ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތަޢުލީމީ ފުރުޞަތުތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ފެށިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތަޢުލީމުގެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ އަހަރުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތަޢާރަފްކޮށް، މިއަދާ ހަމައަށް 14711 ދަރިވަރުންނަށް އެ ޕްރޮގްރާމުން ފުރުޞަތު ހޯދައި ދެވި، 4696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ.

މީގެއިތުރުން ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުޙަލާއަކަށް އާދެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިންތިޒާމުތައް މިސަރުކާރުން ހަމަޖައްސައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ 7 ރަށެއްގައި އަލަށް ސާނަވީ ތަޢުލީމުދޭން ފަށާފައިވާ ކަމަށާއި، އިތުރު 3 ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 6 ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕްގެ ލިޔުން މިޖަލްސާގައި އެދަރިވަރުންނާއި ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީ.އެޗް.އެސް.އީގެ 5 އަންހެންދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ދެކެނު އަށީގެ ” ނަމުގައި ޗޭނު ޖަމްއިއްޔާއިން ހިންގުމަށް ހުށަހެޅިޕްރޮޖެކްޓަށް ފައިސާގެ އެހީ ލިބޭގޮތައް ހަމަޖެހިއްޖެ

މީދޫ އެކުވެރިންގެ ޗޭނަށް ” ދެކުނު އަށީގެ ” ނަމުގައި ހިންގުމަށް ހުށަހެޅި ހޭލުންތެރިކަމުގެ ޕްރޮގްރާމަށް ފައިސާގެ އެހީ ...

މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ...

ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ވެލާ ރިސޯޓުން ހަދިޔާ ކުރަނީ

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ...