އައްޑޫ އީދު ފެސްޓިވަލް 2022: ރޭ ބޭއްވުނު މިއުޒިކް ޝޯވއިން މީދޫގައި ބޭއްވުނު ކުޅިވަރުތައް ނިންމާލައިފި  

އައްޑޫސިޓީ މީދޫގައި އައްޑޫ އީދޫ ފެސްޓިވަލް 2022 ނަމުގައި  މި އަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ބޭއްވުނު މިއުޒިކް ޝޯވ  އިން މީދޫގައި އީދާއިގުޅިގެން ބޭއްވުނު ކުޅިވަރުތައް ނިންމާލައިފިއެވެ.

ރޭ މީދޫގައި ބޭއްވުނު މިއުޒިކް ޝޯވއަކީ މީދޫ ޑައިނަމިކް ކޮމިއުނިޓީން އިންތިޒާމްކޮށްގެން މީދޫގައި ބޭއްވުނު ޝޯވއެކެވެ. ރޭ ބޭއްވުނު މިޝޯވގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރީންކަމުގައިވާ ތޭރަވާއި ރިޒޫގެ ރީތި ލަވަތަކެއް ހުށަހަޅާފައިވެއެވެ.

ބޮޑު އީދާއި ގުޅިގެން މީދޫގައި 3 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ކުޅިވަރުތަކުގެ ތެރޭގައި ކަނބަލުންގެ ޕެރޭޑް ، އީދުސައި، އީދު ނަމާދު ބޮޑުޖަމާއަތުގައިކުރުން ، އުޟްހިޔާކަތިލުން ، އައްޑޫޓްރެއިލްރަން ،  އިސްރަށްވެހީންގެ ހަވީރު ، އޯޕަންމައިކް، ލެންޓަން އެރުވުން، ބޮޑުޗުކީ މުބާރާތް، މަސްރޭސް ، ޕާކްވޮލީ މުބާރާތް ، ތެކުދީންގެ ހަވީރި ( އީދު ހަދިޔާ )  ވާދެމުމުގެ މުބާރާތް ، މާލީ ޕެރޭޑް ، ބޮޑުމަސް ޕެރޭޑް، އިހުގެ ހަރަކާތް، އަދި އެވޯޑް ސެރެމެނީ ހިމެނެއެވެ.

Next: އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޕާރޓީއިން ޖަޕާނުގެ އިންތިޙާބު ކާމިޔާބު ކޮށްފި