ނަލަފެހި މޮނިއުމެންޓްގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ނަގައިފި

މީދޫ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ވޭރާޑު ފިނިމައިޒާނުގެ މޮނިއުމެންޓްގެ ލޯގޯއެއްގެ ގޮތުގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ގެންގޮސްފިއެވެ.

ނަލަފެހި މޮނިއުމެންޓްގައި ލޯގޯއެއްގެ ގޮތައް ހަރުކޮށްފައިވާ މިމިޔަރު ވަގަށް ގެންގޮސްފައިވާއިރު މީގެ ކުރިންވެސް ބަޔަކުވަނީ އެމޮނިއުމެންޓްގައި ހަރުކުރެވިފައިވާ މިޔަރު ހަލާކުކޮށްލާފައެވެ.

ނަލަފެހިން މައުލޫމާތު ދިންގޮތުގައި 6000 ރުފިޔާއަށްވުރެގިނަ ރުފިޔާ ޚަރަދުކޮށްގެން ފައިބަރުން ހަދުވާފައި އެމިޔަރު ވަގަށް ގެންދިޔަކީ ކޮންބައެއްކަން ނޭގޭކަމަށެވެ.

ނަލަފެހިން މީދޫގެ އެކި ފަންނު ތަކުގައި ކުޑަކުދިންނާއި އުރުމުން ދުވަސްވީ މީހުންނާއި އަދި އާއްމުކޮށް އެންމެންނަށް ފަސޭހައިން ބޭނުނުން ކުރެވޭނެ ހިތްގައިމުގޮތަކަށް ފިނިމައިޒާންތައް ތައްޔާރުކޮށް އެތަންތަން މަރާމާރުކޮށް ބަލަހައްޓަމުންދާތާ ގިނަދުވަސްތަކެއްވަނީ ވެފައެވެ.

އެހެންކަމުން ކޮންމެ ދުވަހަކުވެސް އާއްމުންގެ ގިނަ ބަޔަކު އެތަންތަނަށް  ޒިޔާރާތްކޮށް އާއިލާއާ އެކު ވަގުތު ހޭދަކުރަމުންދެއެވެ.  އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންވެސް އެތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން މިމައިޒާންތަކަށް ގެއްލުން ދީ އެތަންތަނުގައި ހުންނަ ތަކެތިވަގަށް ނުނެގުމަކީ ނަލަފެހި ޖަމްއިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

ކިނޮޅަހުކައުންސިލުގެ ރޯދަ ހަދިޔާ ކޮންމެ ގެއަކަށް ހަނޑޫ އަދި ހަކުރު ބަސްތާއެއް!

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ...

ކޯވިޑް-19 : މާލެއިން ރަށަށް ދިއުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން

ތަފާތު އެކި ބޭނުންތަކުގައި މާލެއައިސް ރަށްރަށް ނުދެވިތިބި މީހުންވެސް މިވަގުތު ރަށްރަށަށް ދިއުމުގެ ވިސްނުން ނުގެން ގުޅުއްވުމަށް ހެލްތް ...