ކޮވިޑް ހާލަތު ގޯސްވާތީ ހަރަކާތްތައް ލަސްކުރަން އިލްތިމާސްކޮށްފި

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން ރޭ އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވިޔަސް ވީހާ ވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެ ބަލީގައި މި މަހު ތިން މީހަކު ވަނީ މަރުވެފައެވެ.

ދަތުރުފަތުރު ކުރުމުގެ ކުރިން ދަތުރުކުރާ ރަށުގެ ނުވަތަ ގައުމުގެ ކޮވިޑްގެ ހާލަތު ދެނެގަތުމާއި ހައިރިސްކު މީހުން ގޮވައިގެން ދަތުރުކުރާ ނަމަ އަދި ކޮވިޑް ގިނަ ތަންތަނަށް ދާ ނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމަށްވެސް އެދިފައި ވެއެވެ.

ދަތުރުކުރުމުގެ ކުރިން، ދާ ގައުމެއްގެ ކޮވިޑް ޓެސްޓު އަދި ވެކްސިން ޖެހުމުގެ އުސޫލުތައް ރަނގަޅަށް ބެލުމަށާއި ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަން ޖެހޭ ނަމަ ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑް އަލުން ހަދަން ޖެހޭ ނަމަ އެކަން ދުރާލައި ކުރުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެ: އުރީދޫ

އުރީދޫގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ އަނެއްމަހަށް ގެންދެވޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ ނޫސްވެރިންނާއި ބައްދަލު ...

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސިފައިން އެހީވެއްޖެ

ގދ.ކޮޑެގަލައަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް ...

ކުރިއަށް މިއޮތް ފަސް އަހަރަކީ މީދޫދާއިރާގެ ގަދަފަސް އަހަރު – ރޮޒެއިނާ

އަޅުގަޑު މިދާއިރާއަށް ކުރިމަތިލުމުގެ ސަބަބަކީ  އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އަޅުގަޑަށް މިދާއިރާއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަމަށް ގަބޫލްކުރެވޭތީ ...