ހައިކޯޓުގެ ފަނޑިޔާރު ރައޫފު އާއި ހަމީދު އެ މަގާމުން ވަކިކުރަން ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމާއި ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުދަދުވަހުގެރޭ ބުނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމާއި، ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތް ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައި ވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި އެ ބާވަތުގެ ހައުސިންގް ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވި ކަމަށެވެ.

މީގެއިތުރުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޒު ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީ އިން ބުނީ އެ އަމަލަކީ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަން ވާނީ، ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ހިލާފް އަމަލެއްކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަގާމުން، އަލްއުސްތާޒު އަބުދުއް ރައޫފް އިބްރާހީމް އަދި އަލްއުސްތާޒު ހަމީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހުވަގުތު ސަހާފް ކާމިޔާބު ކުރި ހެޓްރިކާއެކު އެތުލެޓިކް އެފްސީ ފައިނަލަށް

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް  އެތުލެޓިކް އެފްސީގެ ސަހާފްގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން ...

ފޭދޫގައި ބެޑްމިންޓަން ކޯޓެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އައްޑޫ  ސިޓީ ފޭދޫގައި  އިންޑޯ ބެޑްމިންޓަން ކޯޓެއް  އެޅުމަށް  ބަޔަކާއި ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ބުނީ، ފޭދޫ އިންޑޯ ...

އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކު- ނިހާދު

އައްޑޫސިޓީން އެމްޑީޕީއަށް ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި  މެޖޯރިޓީ ދިނީ އައްޑޫސިޓީއަށް ހައްގު މިންވަރު ހޯދާ ދިނުމަށްކަމަށާ އެކަން ނުވެއްޖެނަމަ ...