ޔޫކްރެއިނުގެ ހަނގުރާމަ ނުހުއްޓުވައިފިނަމަ ޗައިނާއަށް ގެއްލުންވާނެ: އެމެރިކާ

advertisement

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޗައިނާއިން ބާރުނާޅާނަމަ އެ ކަމުގެ ބަދަލު އެ ޤައުމުން ދައްކަންޖެހޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ މާލީ ވަޒީރު ޖެނެޓު ޔެލެން ވިދާޅުވީ ރަޝިޔާއާއެކު އޮންނަ ގާތްގުޅުންތަކުގެ ސަބަބުން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޗައިނާއިން ބާރުއަޅާނެކަމަށް އުއްމީދުކުރެއްވިކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެންމެ ކުޑަމިނުން ރަޝިޔާއިން ހިންގަމުންދާ ޖަރީމާތައް ޗައިނާއިން ކުށްވެރިކޮށްފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޗައިނާގެ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގައި އޮންނަ ޗައިނާގެ ބާރާއި ނުފޫޒަށް އަސަރުކުރާނެކަމަށާއި އެ ޤައުމަށް ކުރާ އިހްތިރާމު ގެއްލޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ދުނިޔޭގެ ބާރުތަކުންވަނީ ރަޝިޔާއަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ޗައިނާގެ އިތުރުން އިންޑިޔާއިން އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެކޮޅުހެދުމުން އެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ލިބޭނެކަމަށް ބެލެވުނު ގެއްލުމަކާ އެ ޤައުމުން ކުރިމަތިލާކަށް ނުޖެހުނެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއަށް ޗައިނާއިން އެހީތެރިވެދީފިނަމަ އެ ޤައުމާ ދެކޮޅަށްވެސް ފިޔަވަޅުއަޅާނެކަމަށެވެ. ނަމަވެސް ރަޝިޔާއާ އެޅި ފިޔަވަޅުތަކުގެ ސަބަހުން އެ ޤައުމާއި އިންޑިޔާއާއި ޗައިނާއާއި ބުރެޒިލުފަދަ ޤައުމުތަކާ އޮންނަ ގުޅުންތައްވަނީ އިތުރަށް ވަރުގަދަވެފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެމް.އޯ.ޔޫގެ ދަށުން ...

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެއެވެ. ރަމްސްފިލްޑުގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ ...

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...