އުމުރާ އެކީ ވިސްނުން ކޮށިވުމުގެ ކަންބޮޑުވުމަށް ހައްލެއް!

advertisement

އުމުރުން ދުވަސްވާ ވަަރަކަށް މިޒަމާނުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ވިސްނުން ކޮށިވުމާއި ހަނދާން ނެތުން ފަދަ މައްސަލައެއް ކުރިމަތިވެދާނެކަމުގެ ބިރެވެ. ދުވަސްްވީ މީހުންގެ ތެރޭގައި ހަނދާން ނެތޭ ބައްޔަކީ މިހާރު އާއްމު ބައްޔެކެވެ. އެކަމަކު މިކަން ބޮޑަށް ފެންނަނީ ކެއިން ބުއިމުގައި ރަނގަޅު އާދަތައް ނުގެންގުޅޭޭ ތަންތަނުންނެވެ. އުމުރުގެ ފަހު ދުވަސްތަކުގައި ވިސްނުން ތޫނުކަން ދެމިހުރުމާއި ކެއިން ބުއިމާ އޮތް ގުޅުން ސައިންސްވެރިން ދާދި ފަހުން ވަނީ ދިރާސާ ކޮށްފައެވެ.

ސްކޮޓްލޭންޑްގެ ދަ ޔުނިވާސިޓީ އޮފް އެެޑިންބާފްގެ ރިސާޗަރުން، ކުރި ދިރާސާއެއްގައި 500 މީހުންގެ ވިސްނުމުގެ ހުނަރުވެރިކަން އިމްތިހާނުކުރިއެވެ. ދިރާސާގައި ބައިވެރިކުރި އެ އެންމެންނަކީ ވެސް އުމުރުން 79 އަހަރުގެ މީހުންނެވެ. އަދި އެއީ ހަނދާން ނެތޭ ބަލި (ޑިމެންޓިއާ) ޖެހިފައި ނުވާ މީހުންނެވެ.


ދޮށީ އުމުރުގެ މީހަކު ޖޯއްޔެއްގައި: ދޮށީ އުމުރަށް ދިޔުމުން، ވިސްނުން ކޮށިވާ މައްސަލައެއް ހައްލެއް ލިބެން އޮތީ ކެއުމުގެ އާދަކާދަ ރަނގަޅުކޮށްގެން

އެމީހުން އިމްތިހާނުކުރަން ހަވާލުކުރީ މައްސަލަތަކެއް ހައްލުކުރުމަށެވެ. އެއާ އެކު އެމީހުންގެ ވިސްނައިގަތުމުގެ ސްޕީޑް ވެސް ބެލިއެވެ. އެމީހުންގެ ކެއިން ބުއިމުގެ އާދަތައް ހުރިގޮތް ސުވާލުކަރުދާހަކަށް ދިން ޖަވާބުތަކަކުން ބެލި އެވެ. އަދި އޭގެ ތެރެއިން 350 އަށް ވުރެ ގިނަ މީހުންގެ ސިކުނޑީގެ އޮނިގަނޑުގެ ހާލަތު ހުރިގޮތް ބަލަން އެމްއާރްއައި ވެސް ހެދި އެވެ.

ރިސާޗަރުންގެ ޓީމުން ދެން ބެލީ ސިކުނޑީގެ ދުޅަހެޔޮކަން ހުރިވަރާއި ކެއިން ބުއިމުގެ އާދަކާދައާ ގުޅުންހުރީ ކިހާވަރަކަށްތޯއެވެ. އެކަން ވަޒަންކުރީ ސްޓެޓިސްޓިކަލް މެތަޑް ބޭނުންކޮށްގެންނެވެ. އެގޮތަށް ބެލުމުން އެނގުނީ ވިސްނުމުގެ ބާރު އެންމެ ރަނގަޅަށް ހުރީ މެޑިޓަރޭނިއަން ސަރަހައްދުގެ ކެެއިންބުއިިމުގެ އާދަތަކާ އެންމެ ގާތްކުރާ އާދަކާދަތައް ގެންގުޅުނު މީހުންގެ ކަމެވެ.

މެޑިޓަރޭނިއަން ސަރަހައްދުގެ ކެއުން ރަނގަޅު

މެޑިޓަރޭނިއަން ސަރަހައްދުގެ ކެއުމުގައި ގިނައިން ބޭނުންކުރަނީ ފެހިކަން ގަދަ ފަތްޕިލާވެއްޔާއި ތަރުކާރީއާއި މޭވާ އަދި މަހެވެ. އެއްގަމު މަހުގެ ބަދަލުގައި އެ ސަރަހައްދުގައި ގިނައިން ބޭނުންކުރަނީ ކަނޑުމަހެވެ. އަތި ކާބޯތަކެތި ހަދަން ބޭނުންކުރާ ތެލަކީ ޒައިތޫނި ތެލެވެ.

އެޑިންބާފް ޔުނިވާސިޓީގެ ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޖެނީ ކޯލޭ ސައިމްސް ޑެއިލީއަށް ވިދާޅުވެފައިވާ ގޮތުގައި ދޮށީ އުމުރުގައި ވިސްނުން ރަނގަޅަށް ހުރުމަށް މެޑިޓަރޭނިއަން ސަރަހައްދުގެ ކެއުންތަކުން އެހީތެެރިވެދޭ މައިގަނޑު ސަބަބަކީ އެ ސަރަަހައްދުގެ ކެއުންތަކުގައި އެއްގަމުމަސް ބޭނުންކުރާލެއް މަދުކަމެވެ.

ޑރ. ޖެނީ ކޯލޭ އަކީ ސްކޫލް އޮފް ފިލޯސޮފީ، ސައިކޮލޮޖީ އެންޑް ލެންގުއެޖް ސައިންސަސްގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ވިސްނުން ރަނގަޅުވުމާއި މެޑިޓަރޭނިއަން ކާނާ އާއި ގުޅުމެއް އޮތް ކަމަަށް ދިރާސާއިން ދެއްކި ނަމަވެސް އެއީ މުޅި ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަން ނުވަތަ ނޫންކަން އެ ދިރާސާއަކުން އަދި ކަށަަވަރެއް ނުކުރެވެއެވެ. 

މަސްދަރު : ހަތާވީސް އޮންލައިން

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސ.މީދޫއިން ފޭދުއަށް ގެންދިއުމަށްޓަކައި  ކާރެއް ދޯންޏަކަށް އަރުވަން އުޅުމުގެތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކާރެއް މޫދަށް ވެއްޓިއްޖެއެވެ. މައުލޫމާތު ...

ނުރުހުމާއި ނަފުރަތު…!

ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...