ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ދައްކާލައިފި

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން މީޑިއާތަކާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ދައްކާލައިފިއެވެ. މި އެޕްލިކޭޝަން ދައްކާލާފައިވަނީ މިކަމަށް ހާއްސަކޮށްގެން ބައިސްކޯފުގައި ބޭއްވުނު ހަފްލާއެއްގެ ތެރެއިންނެވެ. މި ހަފްލާގައި ރާއްޖޭގެ ޓެލެކޮމިއުނޮކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި މީޑިއާތަކުގެ އިސްފަރާތްތަކުން ބައިވެރިވެފައިވެއެވެ.

”ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށް ފަހު، އަދި ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބައިސްކޯފު ޓީވީ އެޕް އާންމުންނާ ހަމަޔަށް މި ގެނެސްދެނީ. މި ފުރުސަތުގަ ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކަށް އަދި ހާއްސަކޮށް ބައިސްކޯފުގެ ލޯޔަލް ކަސްޓަމަރުންނަށް ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަން.“ ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުސާން ވިދާޅުވިއެވެ.

”ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލޭޓްފޯމްތަކާ ވަރަށް ތަފާތު އެޕެއް. މި އެޕަކީ ހައިބްރިޑް އެޕެއް. މާނައަކީ ދުނިޔޭގެވެސް އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ބައިސްކޯފުގައި ހިމެނިފައިވޭ.“ މިރޫ އިތުރަށް ފާހަގަކުރެއްވިއެވެ.

Next: އުމުރާ އެކީ ވިސްނުން ކޮށިވުމުގެ ކަންބޮޑުވުމަށް ހައްލެއް!