ޕޯޗުގަލް އަދި ޕޮލެންޑް ވެސް ވޯލްޑް ކަޕަށް

އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޕޯޗުގަލް އަދި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

ޕޯޗުގަލް 8 ވަނަ ފަހަރަށް ވޯލްޑްކަޕް ގެ ޖާގަ ކަށަވަރު ކުރީ ޔޫރަޕިއަން ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގެ ފައިނަލް މެޗުގައި ނޯތު މެސަޑޯނިއާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޕްލޭ އޮފް ބުރުގެ ސެމީގައި ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކުރި މެސަޑޯނިއާ އާއި ދެކޮޅަށް ޕޯޗުގަލްވަނީ މޮޅުކުޅުމެއް ކުޅެފައެވެ. މެޗުގައި 9 ހަމަލާއެއް ޕޯޗުގަލްއިން ވަނީ ފޮނުވާލައިފައެވެ. ފެނާންޑޭޒް 2 ގޯލް ޖެހި މި މެޗުގައި 65 ޕަސަންޓް ބޯޅަ ހިފައްޓައިގެން ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ.

ފުރަތަމަ ގޯލް ރޮނާލްޑޯގެ އެހީތެރިކަމާއެކު 32 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ގޯލް ޖަހާފައިވަނީ ޖޮޓާގެ އެހީތެރިކަމާއެކު މެޗުގެ 65 ވަނަ މިނެޓުގައެވެ.

އަންގާރަދުވަހުގެ ރޭ ކުޅުނު ދެވަނަ ފައިނަލްގައި ޕޮލެންޑް ވެސް ވަނީ 2-0 ގެ ނަތީޖާއިން ސުވިޑެން ބަލިކޮށް ވޯލްޑްކަޕް ޖާގައެއް ކަށަވަރު ކޮށްފައެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ސުވިޑެން ކޮޅަށް ޕޮލެންޑްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވެންޑޮސްކީ އެވެ. 72 ވަނަ މިނެޓުގައި ދެވަނަ ގޯލް ޖަހާފައިވަނީ ޒިއެލެންސްކީ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ ވޯލްޑްކަޕް ތާރީހުގައިވެސް ނޮވެމްބަރ ޑިސެމްބަރ މަހުގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުނެގުން އޮންނާނީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރަފުއްދީން ސްކޫލްގެ ޓީމާ ވާދަކޮށް އަތޮޅުމަދަރުސާގެ ޓީމް މޮޅުވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަތޮޅުމަދަރުސާގެ 14 އަހަރުން ދަށުގެޓީމް ހިތަދޫ ޝަރަފުއްދީން ސްކޫލާ ވާދަކޮށް ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – މިއަދުގެ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި ކާމިޔާބުކޮށްފި

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  މިއަދު ހަވީރު ކުޅެވުނުމެޗްވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި އެފްސީ މެޗް ކާމިޔާބުކޮށްފިއެވެ ހުޅުދޫ ...

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ. ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ...