އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ  މަރުވެއްޖެ

advertisement

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ  މަރުވެއްޖެއެވެ.

ލަތާ މަރުވީ، ކޮވިޑް-19 އާއި ނިއުމޯނިއާ ޖެހި މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު ބަލިން ފަސޭހަވި ނަމަވެސް ސިއްހީ އެހެން ބައެއް މައްސަލަތައް ހުރުމާއެކު ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި، މުމްބާއި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.

ލަތާ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވް ވެ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުން ނެގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރީތި އެތައް ލަވަތަކެއް ކިޔާފައިވާ ލަތާ އަކީ  ހިންދީ، މަރާޓީ، ބެންގާލީ އަދި އެހެން ބައެއް ބަސަތްކުންވެސް ލަވަކިޔާފައިވާ ލަވަކިއުންތެރިއެކެވެ.  

އޭނާ ވަނީ މިހާތަނަށް 1000 އަށް ވުރެ ގިނަ ފިލްމަށް ލަވަ ކިޔައިދީފައެވެ.

ލަތާގެ އަޑުން އެންމެ ފަހުން ލަވައެއް ކިޔައިފައި ވަނީ 2004 ވަނަ އަހަރު ނެރުނު ފިލްމް ވީރުޒާރާއަށެވެ. އޭރު ލަތާގެ އުމުރަކީ 75 އަހަރެވެ.

އިންޑިއާގެ ރައްޔިތުންނަށް ދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑާއި، ދާދާ ސާހިބް ޕަލްކޭ އެވޯޑާއި، ޕަދްމާ ވިބޫޝަން އެވޯޑާއި ޕަދްމާ ބޫޝަން އެވޯޑުގެ އިތުރުން ފިލްމް ފެއާ އެވޯޑްތައް އޭނާއަށް ލިބިފައި ވެއެވެ. ލަތާ މަރުވި އިރު އުމުރަކީ 92 އަހަރެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ދާއިރާގެ ގޮނޑި ރޮޒައިނާ ދިފާއުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑި މީދޫ ...

4 ލީޑަރުން ސޮއިކުރި އެއްވެސް އެއްބަސް ވުމެއް ނެތް- ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން

4 ލީޑަރުން ސޮއިކުރި އެއްވެސް  އެއްބަސް ވުމެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވައިފިއެވެ. ސަރުކާރު ...

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ ...