ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ރައީސް ނިންމަވައިފި

advertisement

މިއަހަރުގެ ފަހު ކުއާޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުންދާ އިނާޔާތް ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްސީލް އެނގޭނެ ގައުމީ ދަފްތަރެއް ނެތްކަމަށާއި މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެދަފުތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތެއް ކަމުގައިވާނެކަމަށާއި މިދަފުތަރު ނިންމާ މިއަހަރުގެ ފަހު ކުއާޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާކަން އެ މަނިކުފާނު އިއުލާނުކުރެއްވި އެވެ.

“މިދަފުތަރު ނިންމާ މިއަހަރުގެ ފަހު ކުއާޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޖިސްމާނީ އުނިކަމެއް ތަހަންމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުން ވާކަމެއް ނޫންކަމަށާއި އެއީ ތަޤްދީރުގެ ނިޔާކަމަށެވެ. އަދި ދުނިޔަވީ އާދައެއް ކަމަށެވެ.

ނުކުޅެދުންތެރި ކަމަކާހުރެ އަނެކާއާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރިކަމެއްކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ގައުމިއްޔަތުގެ މައިވަންތަ އުނގުގައި ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއްކަމަށެވެ.

އަދި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށާއި ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ ސިއްހީ އަދި ތައުލީމީ ދާއިރާއިން ރާއްޖޭގެ މިންތީގެ ފަރަގު ބޮޑުތަނުން ކުޑަކުރެވިފައިވީނަމަވެސް، ސިޔާސީ އަދި އިގުތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...

ރެއާލް ވަލަޑޮލިޑް މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލްމެޑްރިޑް އެއްވަނައަށް

ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ރެއާލްމެޑްރިޑަށް ލިބިއްޖެވެ. ރެއާލްމެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ރޭ ރެއާލްވަލަޑޮލިޑް ...

ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދުއަށް އެރި ...