އަޑުބަރޭ ޖަލަށް ލާން ހުކުމް ކޮށްފި

advertisement

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދިއުމުގައި ޖާމިނުވި އެއްބަސް ވުމާއި ހިލާފު ވުމުންނެވެ.

މިކަމާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ އަސްހަދު އެކަމުގައި ޖާމިނުވުމުން ކަމަށާއި، އެހެން ނަމަވެސް ޖާމިނުވެފައިވާ އެއްބަސް ވުމާއި އެއްގޮތަށް އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ.

އެހެން ކަމުން މިއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށާއި، އެހެން ކަމުން ކޯޓުގެ ހުރުމަށް ކެނޑި މައްސަލައިގައި އަސްހަދު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

މިނިސްޓަރު ކަމުގައި ހުންނަވައިގެން މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލައިފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ...

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ...