އައްޑޫސިޓީން އިތުރު 93 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

advertisement

އައްޑޫސިޓީން އިތުރު 93 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 93 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މި 93 މީހުން ފައްސިވެފައިވަނީ އިއްޔެ އައްޑޫސިޓީން ނެގުނު 342 ސާމްޕަލްގެ ތެރެއިންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ މައުލޫމާތަށް ބަލާއިރު ފައްސިވެފައިވާ 93 މީހުންގެ ތެރެއިން 57 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 02 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދުން އެކަކު   ، ފޭދުން 23 މީހުން މަރަދޫފޭދުން 4 އަދި މަރަދޫން ފައްސިވެފައިވަނީ  06 މީހެކެވެ.

އައްޑޫން މިހާތަނަށް 4968 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 4143 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 810 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 365 މީހަކު ތިބިއިރު، މީދޫގައި  85 ، ފޭދޫގައި 125 ،  މަރަދޫފޭދޫގައި 65 ، ހުޅުދޫގައި 63 އަދި މަރަދޫގައި 93 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 05 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
Next: އަޑުބަރޭ ޖަލަށް ލާން ހުކުމް ކޮށްފި