ކޮވިޑް- 19 މި ހަފްތާގައި 5 މީހަކު މަރުވެއްޖެ

advertisement

ކޮވިޑް ޖެހިގެން މި ހަފްތާތެރޭގައި ފަސްވަނަ  މީހަކު މަރުވެއްޖެއެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ މިއަދެވެ

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެއީ  މި ބަލީގައި ރާއްޖެ އިން ނިޔާވި 274 ވަނަ މީހާކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް ބަލީގައި މިއަދު ހެނދުނުވެސްވަނީ ދިވެއްސަކު ނިޔާވެފައެވެ. ހެނދުނު ނިޔާވެފައިވަނީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯނާއެކު ރާއްޖޭގައިވެސް ކޮވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށްބޮޑުތަން އިތުރުވެފަ އެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަނީ މައްޗަށް އަރަންފަށާފަ އެވެ.

މިގޮތުން އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 16600އަށްވުރެ ގިނަ އެކްޓިވް ކޭސް މިހާރު ރާއްޖޭގައި އޮތް އިރު މީގެތެރެއިން 57 މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިމަހު މިހާތަނަށް ކޮވިޑް ބަލީގައި 12 މީހަކު މަރުވެއްޖެއެވެ. ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު، މިފަހުން ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މިހާރު ވަނީ އިތުރުވާން ފަށާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ...

އެމްޑީޕީ ޕްރައިމަރީ: މީދޫގެ ގޮޑިއަށް ދެބޭފުޅުން ވާދަކުރައްވާނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޓޭޓުން ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ މި ޖެނުއަރީމަހުގެ 31 ވަނަ ...

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...