ކޮވިޑް19: މީދޫއާއި ހުޅުދޫގެ އެކްޓިވްކޭސްގެ އަދަދު 200 އަށްވުރެ މައްޗަށް

advertisement

މީދޫއާއި ހުޅުދުން  އިތުރުން 17 މީހަކު ކޮވިޑް-19 އަށް ފައްސިވެ މީދޫއާއި ހުޅުދޫގެ  އެކްޓިވްކޭސްގެ އަދަދު 200 އަށްވުރެ މައްޗަށް އަރައިފިއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ރޭ އާންމު ކުރި  ތަފާސްހިސާބުތައް ދައްކާގޮތުގައި، މީދޫއާއި ހުޅުދުން  ފައްސިވި 17 މީހުންނަކީ މިމަހުގެ 24 ވަނަ ދުވަހުގެ 18:00 އާއި ހަމައަށް ނެގުނު ސާމްޕަލްތަކުން ފައްސިވި މީހުންނެވެ.

އެހެންކަމުން މީދޫއާއި ހުޅުދޫގައި މިވަގުތު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ 211 މީހުން އެބަތިއްބެވެ.

މީދޫއާއި ހުޅުދޫގައި މި ވަގުތު ކޮވިޑް 19 ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި އިތުރަށް ނުފެތުރޭނެހެން  ބަލައިގެން އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.  

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.  އަދި މީގެ އިތުރަށް ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

މިގޮތުން މީދޫއާއި ހުޅުދޫގެ މީހުން ސާމްޕަލް ދިނުމަށް ދާންޖެހެނީ ހުޅުމީދޫ ފްލޫ ކުލިނިކަށެވެ. އެތަނަށް ދާމީހުންގެ ސާމްޕަލް ނެގުމަށް އެތަން ހުޅުވާފައި ހުންނާނީ ހެދުނު 8:00 އިން 11:00 އަށްކަމަށް އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ. ...

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

ނޫސްވެރިންނަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ...