ޝަރުތު ހަމަވާ 600އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ނުޖަހާ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ސްކޫލު ދަރިވަރުންގެ ތެރެއިން 600އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ނުޖަހާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން

އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ބާވަތެއް ކަމަށްވާ ފައިޒާ ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 12ވަނަ ދުވަހުއެވެ.

ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ކޮވިޑް ވެކްސިން ކެމްޕެއިން އެއް އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ކެމްޕެއިނެއް ވެސް ފެށިއެވެ. ދަރިވަރުންނަށްރައްކާތެރިކަން އެ ހޭޝްޓެގް ބޭނުން ކޮށްގެން މި ކެމްޕެއިން ފަށާފައި މިދިޔަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމުގެ ކުރިންނެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 36،665 ދަރިވަރުން ތިބި ކަމަށެވެ.

ނަމަވެސް މިމަހުގެ 16ވަނަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށިއިރު ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 32،358 ދަރިވަރުންނެވެ. ވެކްސިން ފުރިހަމަ ނުކޮށް 636 ދަރިވަރަކު އެބަ ތިއްބެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ އެކުދިން ވެކްސިން ނުޖަހާ ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން ބުނީ ވެކްސިން އެ ދަރިވަރުން ވެކްސިން ނުޖަހާ ސަބަބު ހޯދުމުގެ މަސައްކަތް އެޑިއުކޭޝަނާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ބައެއް ބެލެނެވެރިންނަކީ ވެކްސިން ޖެހުމާއި ދެކޮޅު ބެލެނެވެރިން ކަމަށްވާތީ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރު، ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވިއެވެ.

މީގެކުރިން ވެސް އެފަދަ މައުލޫމާތުތައް ދީގެން ވެކްސިން ކުދިން ޖަހާފައި އެބަހުރި ކަމަށް ނާޝިޔާ ވިދާޅުވިއެވެ.

advertisement
Next: އައްޑޫސިޓީ : ގޭގެއަށްގޮސް ސާމްޕަލް ނެގުން ހުއްޓާލައިފި – އޭއީއެޗް