މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.
އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 23 ވަނަ ދުވަހުގެ ތަފްސީލްތައް މިއަދު އާއްމުކޮށްފައިވާއިރު މީދުން 22 މީހުން އަދި ހުޅުދުން 6 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒޓިވް ވެފައެވެ. އެހެންކަމުން މީދޫއާއި ހުޅުދޫގައި މިވަގުތު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ 194 މީހުން އެބަތިއްބެވެ.
މީދޫއާއި ހުޅުދޫގައި މި ވަގުތު ކޮވިޑް 19 ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި އިތުރަށް ނުފެތުރޭނެހެން ބަލައިގެން އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.
ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި މީގެ އިތުރަށް ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.