ތިނަދޫގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން މެދުކަނޑާލައިފި

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ

އެހޮސްޕިޓަލުން މިރޭ ހާމަކޮށްފައިވާގޮތުން ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެމުންދާ ބަލިމީހުންނަށް ޒިޔާރާތްކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަދި ތިނަދޫގެ ހާލަތު ރަނގަޅުވުމާއި އެކު އަލުން ބަލި މީހުންނަށް ޒިޔާރާތްކުރުމުގެ ހުއްދަ ދިނުމަށް ނިންމާނެ ކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ވަނީ ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ހޮސްޕިޓަލަށް ވަޑައިގަތުމުގެ ބަދަލުގައި ޓެލެކޮންސަލްޓޭޝަން ހެއްދެވުމަށް އެދިލައްވާފައެވެ. އެގޮތުން ޓެލެކޮންސަލްޓޭޝަން ހެއްދެވުމަށް އެހޮސްޕިޓަލުގެ ހޮޓްލައިން ނަމްބަރު 1555 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ތިނަދޫގެ ހާލަތު މިއަދު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މިއަދަކީ ތިނަދޫއިން މިހާތަނަށް އެއްދުވަހުގެ ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ. މިއަދު ތިނަދޫއިން ޖުމުލަ 50 މީހަކު ފައްސިވެފައިވާއިރު އެކްޓިވް ކޭސްގެ އަދަދު ވަނީ 118 އަށް އަރާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ ...

އިންތިހާބާ ގުޅޭގޮތުން ދައުރުވަމުން ދަނީ ސައްހަ ރިޕޯޓެއް ނޫން، ތަހުގީގުކުރާނަން: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިންގި ތަހުގީގު ނިމިފައިވާ ގޮތުގެ ...

ކޯވިޑް-19 : އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ ...