ކޮވިޑްގެ ކޭސްތައް އިތުރުވާތީ ކުޅުދުއްފުށި މޮނިޓަރިންގއަށް ލައިފި

ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާތީ ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ މެންދުރު 12:57 ހާއިރު އެވެ.

ކުޅުދުއްފުށީގެ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާލާއިރު އެކްޓިވް ކޭސްގެ އަދަދު ވަނީ 180 އަށް އަރާފަ އެވެ.

ހދ އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު މިވަގުތު ކުޅުދުއްފުށީގެ އިތުރުން 09 ރަށަކުން ދަނީ ކޮވިޑް ކޭސްތައް ފެންނަމުންނެވެ. އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ނޮޅިވަރަމް، ކުރިނބީ، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއިން ވަނީ ކޭސްތައް ފެނިފައެވެ. އޭގެތެރިން މިވަގުތު ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަންފަރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަރަށް ފަހުން ދަށްވުމަށް ފަހު ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އިތުރުވާން ފެށިގޮތަށް އަނެއްކާ މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް ވެސް އެޗްޕީއޭއިން ވަނީ 15 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ.

އެޗްޕީއޭގެ ބަންދުގައި މި ވަގުތު އޮތް ރަށްތަކަކީ

  • ހދ. ހަނިމާދޫ
  • ހދ. ނެއްލައިދޫ
  • ހދ. ނޮޅިވަރަންފަރު
  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ރ. އުނގޫފާރު
  • ބ. ދަރަވަންދޫ
  • ބ. އޭދަފުށީ
  • ބ. ގޮއިދޫ
  • ދ. ބަނޑިދޫ
  • ތ. ގުރައިދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • ގދ. ގައްދޫ

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާއިރު ދުނިޔޭގެ އެކި ގައުމު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއެންޓް، “އޮމިކްރޯން” ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފައެވެ.

މިގޮތުން އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 7574 ސާމްޕަލްގެ ތެރެއިން 2349 ސާމްޕަލްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެން ޕޮޒިޓިވްވި  1325 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 681 މީހުންގެ އިތުރަށް ރިސޯޓްތަކުން ޕޮޒިޓިވްވި 54 މީހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ

ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ. އުމުރުފުޅުން 81 އަހަރުގައި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ...

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ސައިކަލް ދުއްވަން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ތާރު އަޅާފައިވާ ބަހާއުއްދީން މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް  މަގުބަންދުކުރަން އެމްޓީސީސީން ބަހައްޓާފައިހުރި ...

އުރީދޫގެ އާ ލޯގޯ ދައްކާލައިފި

އުރީދޫ މޯލްޑިވްސްގެ އާ ލޯގޯ ދައްކާލައިފިއެވެ. އެ ކުންފުނީގެ އާ ލޯގޯ ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ...