އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ކޮވިޑްގެ މައުލޫމާތު ހާމަނުކުރާތާ ދެދުވަސް ވެއްޖެ

އައްޑޫސިޓީގައިގެ ކޮވިޑް 19 ގެ ހާލަތު އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަނުކުރާތާ ދެދުވަސް ވެއްޖެވެ.

އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން މިމައުލޫމާތު ފޭސްބުކް ޓުވިޓަރ މެދުވެރިކޮށް ހާމަކުރަމުންދާ މިމައުލޫމާތު އެންމެފަހުން ހާމަކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އައްޑޫސިޓީން 123 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 19 ވަނަ ދުވަހު ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 235 ކޭސް އުޅޭއިރު، މަރަދޫގައި 12 ކޭސް، ފޭދޫގައި 105 ކޭސް، މަރަދޫފޭދޫގައި 27 ކޭސް އަދި މީދޫގައި 91 ކޭސް ، ހުޅުދޫގައި 43 ކޭސް  ، ރިސޯޓާއި އެހެނިހެންތަންތަނުން 13 ކޭސް އަދި އެހެނިހެން ތަންތަނުން 5 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު އައްޑޫސިޓީގައި  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަކީ އެންމެ ރައްކާތެރިގޮތެވެ.

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

އެހެންނަމަވެސް ކަރަންޓީނު ކުރެވިފައިވާ ގެތަކުގައި އުޅެމުންދާ މީހުންގެ ތެރެއިން ބައެއް މީހުން ކަރަންޓީނުގެ ގަވާއި ޚިލާފަށް  ރަށުތެރެއަށް ނިކުމެ  އާއްމުންގެ ތެރޭގައި އުޅެމުންދާތަން ފެންނަމުން ދާކަމަށް ކަމާބެހޭފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.  މިގޮތައް ކަންތައް ކުރަމުންދާކަމަށްވާނަމަ މިމުޖުތައުގެ ތެރެއިން ބަލިފެތުރުން ކޮންޓްރޯލް ކުރަން ކަމާބެހޭފަރާތްތަކުން ކުރަމުންދާ މަސައްކަތައް ހުރަސް އެޅެމުންދާނެތި އެގޮތައް އަމަލުކުރައްވާ ބޭފުޅުން އެކަން އެގޮތައް ނުކުރުމަށް ކަމާބެހޭފަރާތްތަކުން ދަނީ އިއުތިމާސް ކުރަމުންނެވެ.

އަދި ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން ފުރުމުގެ ...

” ސޮއި 19 ” ގެ ނަމުގައި %20 ގެ ޑިސްކައުންޓްލިބޭ ފިހާރައެއް މިރޭ މީދޫގައި ހުޅުވެނީ

” ސޮއި 19 ” ގެ ނަމުގައި އަންނައުނު ވިއްކާ ފިހާރައެއް މިރޭ 8:00 ގައި މީދޫގައި ހުޅުވާގޮތައް ...

ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައާއި އެކު އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ...