ރައީސް އިބްރާހިމް ސޯލިހު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. 

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވިކަން އެނގިވަޑައިގެންނެވީ އަތޮޅުތެރެއަށް ދަތުރު ކުރެއްވުމަށް، ރޭ ޕީސީއާރް ޓެސްޓް ހެއްދެވުމުން ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި، މިހާރު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށެވެ.

ރައީސް ސޯލިހު ކޯވިޑަށް ޕޮޒިޓިވް ވިއިރު، އެމަނިކުފާނު މިއަދު ށ.ފޯކައިދޫއަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގަންނަވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ށ.ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށެވެ. 

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުއްތަމަ ފަނޑިޔާރު 4 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު ...

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

 04 ޑިސެމްބަރ 2020 ވަނަ ދުވަހު    މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ...