އިޔާދަކުރަނިވި ހަކަތައިން ހިންގާ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް

ރާއްޖޭގައި މުޅިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި، ފިއުޗަ ސިނަޖީޒް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަތޮޅުތެރޭގެ ރަށެއްގައި ހިންގޭ އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫޢު މަޝްރޫއުގެ ތެރެއިން ސޮއިކުރި ޕަވަ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާ ނިޒާމުން އުފައްދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. މި މަޝްރޫޢުއާއެކު ގަން އިންޓަރނޭޝަންލ އެއަރޕޯޓް ވެގެންދާނީ ފުރަތަމަ ސޯލަ ޕަވަޑް އެއާޕޯޓަށެވެ.

އައްޑޫގައި ހިންގާ މި މަޝްރޫއުގެ އަގު 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) އަށް ވުރެ މައްޗަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގައި ދެ މަގަވޮޓް ޕީކްގެގެ ސޯލާ ޕީވީއައި،  ބެޓާރީ ސްޓޯރޭޖެއް ގާއިމުކުރާނެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5 މަގަވޮޓް ޕީކްގެ ސޯލަރ ޕީވީ ބަހައްޓާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ފެބަކައިން ބުނީ މި މަޝްރޫޢޫގެ ސަބަބުން ތެލަށް ހޭދަ ވަރަށް ބޮޑަށް ކުޑަވެ، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުވެގެންދާނެކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ރާއްޖެއިން 2030އަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާމަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައިވެސް ފެނަކައިން ސިފަކުރެއެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުޅުމީދޫގައި ގާއިމުކުރެވޭ ނިޒާމުން އެރަށާއި، އެސަރަހައްދުގެ ރިސޯޓްތަކަށްވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށް ދިނުންކަމަށެވެ.

ފެނަކައިން ބުނީ މި މަޝްރޫޢޫއާއެކު އައްޑޫގައި ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ  ގާތްގަނޑަކަށް އަހަރަކު 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެކަމަށެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑަ އޮކްސައިޑްވެސް މަދުކުރެވޭނެކަމަށް ފެނަކައިން ބުންޏެވެ.

advertisement
Next: ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި