ބަދަހިކަޕް: ޕޮލިހާއި ޓީމްއެމްކޭ ފައިނަލަށް

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” ގެ  ފައިނަލް ހުޅުމީދޫ ޕޮލިސް އަދި ޓީމް އެކޭ ދަތުރުކޮށްފި އެވެ.

ޕޮލިސް ޓީމާއި ޓީމް އެމްކޭ ފައިނަލަށް ދަތުރުކުރީ  މިމުބާރާތުގައި ރޭ ޕޮލިސްޓީމާއި  ވެމްކޯ ބައްދަލުކުރިމެޗުން ޕޮލިސްޓީމު މޮޅުވުމުންނެވެ. ރޭގެ މެޗުން ވެމްކޯއަތުން ޕޮލިސްޓީމް ބަލިވިކަމަށްވާނަ ފައިނަލަށް ދަތުރުކުރާނެ ޓީމްތައް ކަށަވަރުވާނީ މިރޭ ޕޮލިސްޓީމާއި ޓީމްއެމްކޭ ބައްދަލުކުރާމެޗުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

 ރޭ ޕޮލިސް ޓީމް އަތުން ވެމްކޯ ޓީމް ބަލިވުމާއެކު އެޓީމަށް މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނީ އެޓީމް މިހާތަނަށް ކުޅުނު 3 މެޗްގެ ތެރެއިން 1 މެޗުން މޮޅުވެ 2 މެޗުން ބަލިވެ 3 ޕޮއިންޓް ލިބިފައިވުމުންނެވެ.

ފައިނަލަށް ހޮވުނު ޕޮލިސްޓީމާ ޓީމްއެމްކޭއަށް 3 މެޗުން ވަނީ 9 ޕޮއިންޓް ލިބިފައެވެ.

ޕޮލިސްޓީމާއި ޓީމް އެމްކޭ މިމުބާރާތުގެ ފައިނަލަށް ހޮވިފައިވީކަމުގައިވިޔަސް ފައިނަލް މެޗްގެ ކުރީން  ޕޮއިންޓް ސިސްޓަމަށް ކުޅެވޭ މެޗްތަކުގެ ތެރެއިން މިރޭ ޕޮލިސްޓީމާ ޓީމް އެމްކޭ ބައްދަލުކުރާގޮތައްވަނީ ހަމަޖެހިފައެވެ.

ރޭ ވެމްކޯ އަތުން ޕޮލިސްޓީމް މޮޅުވެފައިވަނީ 23 ޕޮޓް 44 ޕޮޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސްޓީމުގެ ޖޫޒަންއެވެ.

މިމުބާރާތުގައި ހުޅުދޫ ޔޫތާއި އެޗްއެސްސީ ރޭ ބައްދަލުކުރިމެޗު ކާމިޔާބުކޮށްފައިވަނީ އެޗްއެސްސީއެވެ. އެއީ 10 ޕޮޓް 29 ޕޮޓުންނެވެ.

މިއަހަރުގެ މިމުބާރާތުގެ  ޗެމްޕިއަންކަން ހޯދާޓީމަކަށް ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ ފަސްހާސްރުފިޔާއެވެ.

ޕޮލިސްޓީމާއި ޓީމް އެކޭ ބައްދަލުކުރާ މުބާރާތުގެ ފައިނަލު މެޗު އޮންނަނީ ހުކުރު ދުވަހުގެރޭގައެވެ.

މިމުބާރާތްތަކީ މީދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޗޭނު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް: އައްޑޫސިޓީން ބައިވެރިކުރާ ދަރިވަރުންގެތެރެއިން އަތޮޅުމަދަރުސާގެ 7 ދަރިވަރަކު ހިމެނިއްޖެ

ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގައި އައްޑު އަތޮޅުން ބައިވެރިކުރާ ދަރިވަރުންގެ ތެރެއިން އަތޮޅު މަދަރުސާގެ ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...

ރިޔާސީ ބަޔާން އިއްވުން އަންނަ ހޯމަ ދުވަހު، ޖަލްސާ އޮންނާނީ ދަރުބާރުގޭގައި

ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ...