މީދޫގެ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް- ނިޒާރު

މީދޫގެ ޖަމްއިއްޔާތަކަކުން ކުރަމުންދާ މަސައްކަތަކީ  އައްޑޫސިޓީއަށް ނަމޫނާ މަަސައްކަތްތަކެއްގެ ގޮތެއް  ފެންނަމުންދާކަމަށް މަސައްކަތްތަކެއްކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެވެ.

ނިޒާރު މިހެންވިދާޅުވީ ނަލަފެހި ޖަމްއިއްޔާއިން މީދޫ ފަތާ ޓްރެކްސަރަހައްދުގައި ގާއިމްކުރާ މަލްޓިޕާޕަސް ޕާކްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ މިޕާކަކީ އައްޑޫގައި މިގޮތައް  ތައްޔާރުވޭ ފުރަތަމަ ޕާކް ކަމަށްވާތީ މިޕާކް ހެދުމުގައި ކައުންސިލުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވިކަމަށެވެ . އެހެންނަމަވެސް މާލީގޮތުން  ކައުންސިލް ތަޖުރިބާކުރި ދަތިއުދަގޫއަހަރަކީ މިދިޔައަހަރުކަމަށްވާތީ ޕާކް ތައްޔާރުކުރުމަށް މާލީގޮތުން އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވިނަމަވެސް  ސިޓީކައުންސިލަށް ވެވެންހުރި  ހުރިހާ އެހީއެއް މިޕާކް ހެދުމުގައި ވެދެއްވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

” ޕާކް ނުނިމި އޮވެގެން ނުވާނެ،  ޕާކް ތައްޔާރުކުރުމުގައި ވެވެންހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން”

 ނިޒާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ މީދޫއާއި ހުޅުދޫ އަދި އައްޑޫސިޓީގެ އެހެން ރަށްރަށުގައިވެސް މިގޮތައް ހުސްކޮށް ހުރި ބިންތައް ހެޔޮގޮތުގައި  ބޭނުންކުރުމަށްޓަކައި  ޖަމްއިއްޔާތަކާއި ކޮމިއުނިޓީ އެހެން ގްރޫޕްތަކާ ރަށްޔިތުން ގުޅިގެން އެބިންތައް  ނަލަކޮށް ބޭއްވުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވުނު މިރަސްމިއްޔާތުގައި މޭޔަރު ނިޒާރުގެ އިތުރަށް ޑިޕިއުޓީމޭޔަރާއި އެސްޖީ އަދި މީދޫ ކައުންސިލަރާއި މީދޫ އޮފީހުގެ ޑިރެކްޓަރ އަދި ނަލަފެހި ޖަމްއިއްޔާގެ އިސްވެރީންނާއި ބައެއް އެހެނިހެން ޖަމްއިއްޔާތަކުގެ އިސްވެރީންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މީދޫ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކް ޕްރެޖެކްޓް

މިޕްރޮޖެކްގެ އަމާޒަކީ ތަނަވަސް ވަމުން އަންނަ ޒަމާނީ ފަސޭހަތަކާގުޅިގެން ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މުޖުތަމައުގައި އިތުރުވަމުންދާ ނަފްސާނީ ބަލިމަޑުކަމާއި ގައިންގަޔަށް ނާރާ ބަލިތަކުން އާއްމުން ރައްކާތެރިވުމުގެ މަގު މީދޫގެ ރަށްވެހީންނަށް ފަހިކޮށްދިނުމެވެ.

މިދެންނެވި ކަންތައްތަކަށް ފޯކަސްކޮށްގެން ފަރުމާކުރެވުނު ޕާކް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މުޖުތަމައުގައި ހިމެނޭ ހުރިހާ ޖީލަކަށް އަމާޒުކުރެވޭ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކެއްގެގޮތުގައެވެ

ފަތާޓްރެކް ސަރަހައްދުގައި ތައްޔާރުކުރެވޭ މިޕާކް ތައްޔާރުކޮށް ނިމޭއިރު ކުލަކުލައިގެ ރީތި މާއަޅާގަސްތަކާ ހިޔާދޭ ގަސްތަކުން މިޕާކްގެ  ހިތްގައިމުކަން ފެނިގެންދާނެއެވެ. އަދި މިޕާކްގައި  ޗާލު ވެއްޓެއް ބިނާކޮށް އެތަނުގައި އުދޯލި އާއި ގޮޑިތައް އަދި  ، ޖޯލިފަތި ތަކާއި މޭޒުފަދަ ތަކެތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައއެވެ. މީގެ އިތުރަށް މިޕާކްގެ ވަށައިގެން ޖޮގިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާއިރު މިޕާކްގެ ތެރޭގައި  އައުޓުޑޯ ޖިމަކާ ކުޑަކުދީންގެ ޕާކެއް ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި ދޮށީއުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އެމީހުން މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ ތަނެއްވެސް މިޕާކްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފަތާ ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ސަޕްލައިފެނުން ފެންވެރޭނެ ގޮތައް އައުޓްޑޯ ޝަވަރެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް  ހެދުން ބަދަދަލުކުރެވޭނެގޮތައް ޗޭންޖިން ރޫމެއްވެސް މިޕާކްގައި ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން މިޕާކް އެސަރަހައްދުގައި ތައްޔާރުކުރިއަސް މިއީ މުޅިމީދޫގެ ރަށްޔިތުންނާއި މީދޫއަށް ޒިޔާރަތްކުރާ މެހުމާނުންނަށްވެސް ބޭނުންކުރެވޭގޮތައް ތައްޔާރުކުރެވޭ ޕާކެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ...

އައްޑޫސިޓީ ހިމެނޭ ގޮތައް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓްއެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ...

އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ...