އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެ

advertisement

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 210 ސާމްޕަލްގެ ތެރެއިން 26 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 19 މީހަކާއި ފޭދުން ޕޮޒިޓިވްވި 2 މީހުންނާއި މީދުން ޕޮޒިޓިވްވި 1 މީހުންގެ  އިތުރަށް މަރަދުން ޕޮޒިޓިވްވި 1 މީހުންނާއި ހުޅުދުން ޕޮޒިޓިވްވި މީހެކެވެ. އަދި މީގެ އިތުރަށް އެހެނިހެން ތަންތަނުން 2 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 3156 މީހުންގެ ތެރެއިން 2958 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 185 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 113 ކޭސް އުޅޭއިރު، މަރަދޫގައި 7 ކޭސް، ފޭދޫގައި 14 ކޭސް، މަރަދޫފޭދޫގައި 07 ކޭސް އަދި މީދޫގައި 24 ކޭސް ، ހުޅުދޫގައި 16 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީގައި ކޮވިޑާއި ގުޅިގެން ހޮސްޕިޓަލުގައި މިވަގުތު ފަރުވާސެމުންދަނީ އެންމެ މީހަކަށެވެ. އަދި މީގެ އިތުރަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައިވަނީ 13 މީހުންނެވެ.

ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު އައްޑޫސިޓީގައި ކޮވިޑް  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަކީ އެންމެ ރައްކާތެރިގޮތެވެ.

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެންޑީއެފުން ހުޅުމާލޭގައި ހަވާ އަރުވަނީ

އާ އަހަރަށް މަރުހަބާ ކިޔުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ...

މިއަދު ކޮވިޑަށް ފައްސިވީ 318 މީހުން!

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 318 މީހުން ފައްސި ވެއްޖެއެވެ. އަދި 128 މީހުން ބަލިން ރަނގަޅު ...

ޗެމްޕިއަންސް ލީގު – ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލަށް  ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ  ދަތުރުކޮށްފިއެވެ. ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ...