ތިން ދުވަސްތެރޭ ހުޅުދުއާއި މީދުން 29 މީހުން ޕޮޒިޓިވްވެ ބަލި ފެތުރިދާނެކަމުގެ ބިރު ބޮޑު

3 ދުވަހުގެ ތެރޭގައި 29 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެ  ހުޅުދޫއާއި މީދޫގައި އަނެއްކާވެސް  ވަރަށް ބޮޑަށް ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުދޫއާއި މީދުން 29 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި ބައެއް މީހުންނަކީ ކަރަންޓީނުގައި ނެތި ބަލީގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ސާމްޕަލް ނަގާ ޓެސްޓްހެދި ،  ޕޮޒިޓިވްވި މީހުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮވިޑްގެ ކޭސްކަތާ ގުޅިގެން މީދުން 12 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު ހުޅުދުންވެސް ވަނީ 12 ގެއެއް ކަރަންޓީނު ކުރެވިފައެވެ.  

ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު ރަށުތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަކީ އެންމެ ރައްކާތެރިގޮތެވެ. ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...

އެއިމްސް ކްލިނިކަށް ފެންވަދެ ގެއްލުންތަކެއް ލިބުމުން މިއަދު ކްލިނިކު ބަންދުކޮށްފި

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާއިގުޅިގެން ފޭދޫ އެއިމްސް ކްލިނިކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބުމާއިގުޅިގެން މިއަދު ( 14 ...