އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން އާދީއްތަދ ދުވަހުގެ އިރުއޮއްސި ހަޔަކުން ހޯމަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 150 ސާމްޕަލްގެ ތެރެއިން 27 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ

މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 10 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 5 މީހުންނާއި މީދުން ޕޮޒިޓިވްވި 5 މީހުންގެ  އިތުރަށް ފޭދުން ޕޮޒިޓިވްވި 3 މީހުންނާއި މަރަދޫފޭދުން ޕޮޒިޓިވްވި 2 މީހުން އަދި މަރަދުން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 3101 މީހުންގެ ތެރެއިން 2956 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 132 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 79 ކޭސް އުޅޭއިރު، މަރަދޫގައި 6 ކޭސް، ފޭދޫގައި 11 ކޭސް، މަރަދޫފޭދޫގައި 02 ކޭސް އަދި މީދޫގައި 21 ކޭސް ، ހުޅުދޫގައި 11 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ...

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް ...

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 60 ދާއިރާއަކަށް ވާދަ ނުކުރަން ނިންމީ 27 ދާއިރާ އަކަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ބޭނުން 60 ދާއިރާއާއި ވާދަ ނުކުރަން ނިންމާފައިވާ  27 ...