ކަރަންޓީނުގައި ނެތް ދެމީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދޫގައި ކަރަންޓީނުގައި ނެތް ދެމީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން ފައްސިވި ބަލީގެ އަލާމާތް ހުރެގެން ސިއްހީމަރުކަޒަށް ދެއްކި ދެމީހުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިދެމީހުންކުރެ އެކަކީ ސައުތުޕާމް ރިސޯޓްގައި މަސައްކަތް ކުރާ މީހެކެވެ. އަނެއް މީހާއަކީ މީދޫގައި ދިރިއުޅެމުންއަންނަ މީހެކެވެ.

ފައްސިވި ދެމީހުންނަކީވެސް  ކަރަންޓީނުގައި ނެތް ދެމީހުންކަމަށްވާތީ  މިދެމީހުންގެ  ކޮންޓެކްޓުން ގިނަ ވުމުގެ ފުރުސަތު ބޮޑުކަމުގައި ބެލެވެއެވެ.

މުޖުތަމައުގެ ތެރެއިން ބަލި ފެންނަ ބައެއް ރަށްތަށް އެޗްޕީއޭއިން އަންނަނީ މޮނީޓަރިންގ ހާލަތަށް ގެންނަމުންނެވެ. މީދޫގެ މުޖުތަމައުގެ ތެރެއިން ބަލި ފެނުނުކަމުގައިވިޔަސް  މީދޫ މޮނީޓަރިންގ ހާލަތަށް ލާނެކަމަށް ނުބެލެވެއެވެ.

މީދޫގެ  އިތުރުން އައްޑުއަތޮޅުގެ އިތުރު ތިން ރަށެއްގައި ވެސް ކޮވިޑް-19 ގެ އެކްޓިވް ކޭސްތަށް މިވަގުތުވެސް އެބަހުއްޓެވެ. އެއީ ހިތަދޫގައި 55 މީހުން މަރަދޫފޭދޫގައި އެކަކު އަދި ފޭދޫގައި 3 މީހުންނެވެ.

އައްޑޫސިޓީން އިއްޔެ ނެގުނު 126 ސާމްޕަލްގެ ތެރެއިން މީދުން ފައްސިވި ދެމީހުންގެ އިތުރަށް ހިތަދުންވެސް 3 މީހަކު ފައްސިވެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވީމީޑިއާ ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް އަންގައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (އައިބީސީ) ގެ ދަށުން ހިންގާ ވީމީޑިއާގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެ ...

އިލްޔާސް ލަބީބު ހުޅުދޫގެ ރަށްޔިތުންނާ ބައްދަލުކުރައްވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. އިލްޔާސް ލަބީބު ހުޅުދޫ ...

ރާޅުން ކަރަންޓް އުފައްދަން ސާވޭއެއް ކުރަނީ

ރާޅުން ކަރަންޓު އުފެއްދުމަށް ރާއްޖޭގައި ހާއްސަ ސާވޭއެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ ޓެންޑާން ކޮންސަލްޓެންސީން ނަމަކަށް ކިޔާ ރާއްޖޭގެ ...