ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް ވަންނާނީ ކަން ދައްކާ މީހުން: ހުތުބާ

ދުނިޔެމަތީގައި ކަން ދެއްކުމަކީ ބޮޑުވެގެންވާ ފާފައެއް ކަން ހަނދާންކޮށްދީ، އެކަމުން ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ.

އަދުގެ ހުކުރު ހުތުބާގައި ބުނީ، ދުނިޔެއަށް އިންސާނުން ފޮނުވުނީ އިޚްލާސްތެރިކަންމަތީ އަޅުކަން ކުރަނީ ކޮންބައެއް ކަން އިމްތިހާނު ކުރުމަށް ކަމަށާއި އަޅުތަކުންނަށް އޮތީ ﷲއަށް އެއްކައުވަންތަވެ، އެކަލާނގެއަށް ޝަރީކަ ނުކުރުން ކަމަށެވެ.

އެކަން ފާހަގަކޮށް އިތުރަށް ހުތުބާގައި ބުނީ އަހަރެމެން ކުރާ ހެޔޮ ކަންކަމުން ލިބޭ ސަވާބު ނެތިކޮށްލާ ކުޑަ ޝިރުކެއް ވާ ކަމަށާއި އޭގެ ތެރޭގައި ކަން ދެއްކުން ހިމެނޭ ކަމަށެވެ.

އެގޮތުން ކުޑަ ޝިރްކަކީ ކޮބައިތޯ ޞަޙާބީން ސުވާލު ކުރެއްވުމުން އެއީ ކަންދެއްކުންކަމަށް ރަސޫލާ ޙަދީޘް ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހަމައެއާއެކު އެއީ މީހަކު ކަމެއް ކޮށް، އެކަން މީސްތަކުންނަށް ދައްކައި، އެކަމަށް ސަނާއާއި ތާރީފު ހޯދުން ކަމަށާއި އެއީ އޭނާ ކުރި ހެޔޮ އަމަލުގެ ޘަވާބު ނެތިކޮށްލާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަމިއްލަ އެދުންތައް ބޮޑުވެ، މަދަހައާއި ތައުރީފަށް ލޯބިކުރާ ކުރުން އިތުރުވާ މިންވަރަކަށް އެމީހެއްގެ އިހުލާސްތެރިކަން ބަލިކަށިވަމުން ދާނެ ކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ، ފަހުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރާ ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުން ދާނެ ކަމަށެވެ.

މި ޒަމާނުގައި މީހުންގެ އަމަލުތައް ހުންނަ ގޮތަށް ބަލާއިރު، އުމްރާއާއި ރޯދައާއި ސަދަގާތް ފަދަ ހެޔޮ އަމަލުތައް ކުރުމަށްފަހު މީސް މީޑިއާގައި އެ ވާހަކަ ދެއްކުމަކީ ވެސް ކަން ދެއްކުމުގެ ސިފައެއްގެ ގޮތުގައި ހުތުބާގައި ވަނީ ސިފަކޮށްފައެވެ. އަދި މިކަމުން ދުރުވުމަށް ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ ކަން ދައްކާ މީހުން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ކަން ދެއްކުމުން ސަލާމަތްވެ، ހެޔޮ އަމަލުތައް ފޮރުވައި، ވަންހަނާ ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވައިލައިފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޔާޟް، ޙުސައިން ރަޝީދަށް: މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނަވާ

މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނެވުމަށް ވިދާޅުވެ ޑރ.މުޙައްމަދު އިޔާޟް، ޝައިޚް ޙުސައިން ރަޝީދަށް ރައްދު ދެއްވައިފިއެވެ. ޔޯގާއަކީ ...

ރިބާ ޙަރާމް ކުރެއްވުމުގެ މަރުޙަލާތައް

ރިބާގެ މުޢާމަލާތް ބެހިގެން އަންނަގޮތަށް ބަލާއިރު މައިގަނޑުގޮތެއްގައި އެކަން ބިނާވެފައިވަނީ ފައިދާ ލިބިގަތުމުގެ މައްޗަށެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި ...

މަސްއޫލިއްޔަތާ ހަވާލުވާ މީހުންގެ ކިބައިގައި، އެކަން އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް: ހުތުބާ

މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހުންގެ ކިބައިގައި، އެ ހަވާލުވާ މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް ކަމަށް މިއަދުގެ ...