ހޯމް ސްޓޭ ޓޫރިޒަމްގެ ގަވާއިދު ގެޒެޓް ކޮށްފި

ހޯމްސްޓޭ ޓޫރިޒަމްގެ ގަވާއިދު ގެޒެޓް ކޮށްފިއެވެ.

”ހޯމްސްޓޭ“ ތާއާރަފު ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި އެންމެ އިސްކަމެއް ދީފައިވަނީ ސެކިއުރިޓީއަށާއި ވިޔަފާރި ސަސްޓެއިންކޮށް ކޮމިއުނިޓީ އަށް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ވިޔަފާރި ފަށާއިރު ޓެކްސް ނަގާނީ ގެސްޓް ހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ. އަދި ވިޔަފާރި އަށް ޒިންމާ ކުރުމަށްޓަކައި އެ ރަށެއްގެ ކައުންސިލުން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ލާޒިމް ކުރެއެވެ.

ގެޒެޓްކުރި ގަވާއިދުގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި އެތަންތަނަށް ހުއްދަ ހޯދޭނެ ގޮތާއި ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތަކާއި ހުއްދަ ދޫކުރާނެ އުސޫލުތަކާއި އެތަންތަން ބަލާ ފާސްކުރާނެ ގޮތާއި ހުއްދަ ބާތިލު ކުރެވޭނެ ހާލަތްތަކާއި ހުއްދައިގެ މުއްދަތު އިތުރުކުރެވޭނެ ގޮތްތަކާއި ހޯމް ސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ވެރި ފަރާތް ބަދަލުވުމުން އަމަލުކުރަން ޖެހޭ ގޮތާއި އެތަންތަން ހުންނަން ޖެހޭ މިންގަނޑުތަކާއި ވަސީލަތްތަކާއި ލިބިދޭންޖެހޭ ފަސޭހަތަކާއި ހިދުމަތްތައް އަދި އެފަދަ ތަންތަން ހިންގުމަށް ހުއްދަ ދޫކުރާ ރަށްތަކުގައި ހުންނަން ޖެހޭ ކަންކަންވެސް ހިމަނާފައިވެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހުއްދަ ދެވޭނީ އެއް ކޮޓަރި އާއި ފަސްކޮޓަރިއާ ދެމެދުގެ ކޮޓަރިއަށެވެ. މީގެ އިތުރުން އެ ތަންތަން ހުންނަން ޖެހޭ ގޮތާއި ފާހާނާތަކުގެ ފެންވަރާއި މި ނޫންވެސް ވަރަށް ގިނަ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްގެ ކޮޓަރީގެ ބޮޑު މިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ލާޒިމު ކުރެއެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...

އުއްމީދީ ކުޅުންތެރިޔާ ސަހާފްއަށް ފުލް ސްކޮލަޝިޕެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން މީދޫގެ ފުޓްބޯޅައިގައި ...

އެމްޑީޕީ ޕްރައިމަރީ: މީދޫގެ ގޮޑިއަށް ދެބޭފުޅުން ވާދަކުރައްވާނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޓޭޓުން ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ މި ޖެނުއަރީމަހުގެ 31 ވަނަ ...