ފޮޓޯއިން ޚަބަރު: ވީރާނާވަމުންދާ މީދޫ މަތިކިޅި އެކޯގާޑަން

މީދޫ މަތި ކިޅި އެކޯ ގާޑަން އަކީ މީދޫގެ އަމިއްލަފަރާތްތަކުން އިސްނަގައިގެން އެކިފަރާތްތަކުގެ ދީލަތިއެހީއާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ.

އެހެން ނަމަވެސް އެތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ހަމަޖައްސާ އެތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން އެތަން ބަލަހައްޓަމުންދިޔަ ފަރާތްތަކުން ވަނީ އެތަން ބެލެހެއްޓުން ދޫކޮށްލާފައެވެ. އޭގެ ސަބަބުން އެތަން މިހާރުވަނީ ވަރަށް ބޮޑަށް ހަލާކުވެ ވަރަށްބޮޑެތި މަރަމާތުތަކެއް ކުރަންޖެހިފައެވެ.  

މީދޫ މަތިކިޅި އެކޯގާޑަންއަށް ޒިޔާރަތްކުރާފަރާތްތަކުން އެތަނަށް ޒިޔާރަތްކޮށް އެތަނުގައި ނަގާ ފޮޓޯތައް  ފޮޓޯތައް ސޯޝަން މީޑިއާގައި ޝެއާކުރުމުން ފޮޓޯތަކުން އެތަނުގެ ރީތިކަން ފެނިފައި ވަރަށް ގިނަ ފަރާތްތަކުން އެތަން ބަލާލުމަށާ އެތަނުގައި ފޮޓޯނެގުމަށް މީދުއަށް ޒިޔާރަތް ކުރަމުން ގޮސްފައިވެއެވެ.

 އެހެންނަމަވެސް  އެތަން މިހާރު ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައިވާތީ އެތަނުގެ ރީތިކަމެއް  ފޮޓޯތަކުންވެސް ފެނިގެނެއްނުދެއެވެ.

މަތި ކިޅި އެކޯގާޑަން ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަންޖެހިފައިވަނިކޮށް އައްޑޫސިޓީ ކައުންސިލުންވަނީ މިމަހުގެ 23 ވަނަ ދުވަހު އެތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެކްސިން ނުޖަހާ މީހުން އޮފީސްތަކަށާއި ކެފޭތަކަށް ވަނުން މަނާ ކުރަނީ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ...

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހު މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި މުހިއްމު ގިނަ ...

މީދޫގެ ދަރުމަވެރީންގެ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް ހަނދާނީ ލިއުންދީފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ރޭ ޑެލިފްރެޝް ...