ފޮޓޯއިން ޚަބަރު: މަސްޖިލުލް އިބްރާހިމް މަޖުދުއްދީން މިސްކިތް ތަޅާލުމަށްފަހު މީދޫގައި އަލަށް އަޅަން ނިންމި އާމިސްކިތް އެތަނުގައި އިމާރާތް ކުރަނީ

ސ.މީދޫގައި  ސަރުކާރުން އަލަށް އަޅަން ނިންމި މިސްކިތް މީދޫގެ ބައެއް މީހުން ބޭނުންވާގޮތައް މީދޫގައި މިހާރުހުރި އެންމެ ބޮޑު މިސްކިތް ” މަސްޖިދުލް އިބްރާހިމް މަޖުދުއްދީން ” ތަޅާލުމަށްފަހު އެތަނުގައި އަޅަން ސަރުކާރުން ނިންމައިފިއެވެ.

ތަޅާލުމަށް ހަމަޖެހިފައިވާ މަސްޖިދުއް އިބްރާހިމް މަޖުދުއްދީން މިސްކިތް

މައުލޫމާތު ލިބިފައިވާގޮތުގައި 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ  ވަރުގެ މިމިސްކިތް މީދޫގައި ފުރަތަމަ އަޅަން ނިންމީ މީދޫ ” އަރުބެމިސްކިތް” ހުރި ސަރަހައްދުގައެވެ.

އަރުބެ މިސްކިތް ހުރި ސަރަހައްދުގައި އެ މިސްކިތް އިމާރާތް ކުރުމުގެ ކަންތައް ކުރިއަށް ގެންދެވުމަށްޓަކައި އެސަރަހައްދުން  މީހުންނަށް ދޫކޮށްފައިހުރި ގޯތިތަކަކާއި އިމާރާތްކޮށްފައިހުރި ތަންތަނަށް ސަރުކާރު ބަދަލުދިނެވެ. އެހެން ނަމަވެސް މީދޫގެ ބައެއް ފަރާތްތަކުން އެތަނުގައި މިސްކިތް އަޅަން ނިންމުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެކަމުގެ ޝަކުވާ ސަރުކާރުގެ އެކިއިދާރާތަކަށާ ސަރުކާރުގެ ބައެއް ވެރީންނަށް ހުށަހަޅައިގެން އެމިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްވަނީ ލަސްވެގެން ގޮސްފައެވެ.

ތަޅާލުމަށް ހަމަޖެހިފައިވާ މަސްޖިދުއް އިބްރާހިމް މަޖުދުއްދީން މިސްކިތް

މައުލޫމާތު ލިބިފައިވާގޮތުގައި ” މަސްޖިދުލް އިބްރާހިމް މަޖުދުއްދީން” މިސްކިތް ތަޅާލުމަށްފަހު އަލަށް އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ވަރަށްއަވަހަށް ފެށިގެންދާނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ...

މަސައްކަތް ކުރާނީ ލޮކްޑައުންއަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...

ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް ...