ބީއެމްއެލް ކިޑްސް ރަންއިން އެމްއޭޕީޑީއަށް އެއް ލައްކަ ރުފިޔާ

ބީއެމްއެލް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބޭއްވި “ބީއެމްއެލް ވައު ކިޑްޒަ ރަން” އިން އެއް ލައްކަ ރުފިޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް ދީފި އެވެ.

އެ ފައިސާ އެމްއޭޕީޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު އެވެ.

ޑިސެމްބަރ 25 ވަނަ ދުވަހު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ކުދިން މި އަހަރު ބައިވެރިވި ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަނެވެ.

ބީއެމްއެލްއިން ބުނީ އެމްއޭޕީޑީ އިން އެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ ހެލްތީ ޕީޑަބްލިއުޑްސް ޕްރޮގްރާމް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް

ޓާޝިއަރީ 3 ހޮސްޕިޓަލެއްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ...

ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން އަމިއްލަފުޅަށް އެއްބަސްވި: ޑރ. ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ...

އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން، ( 5 ޖުލައި 2020 އިން ފެށިގެން )  ސަރުކާރުގެ އިދާރާތައް އާންމުކޮށް ...