އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި އެންގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހައިކޯޓުން ބުނެފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެ ސަރަހައްދުން ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ގޯތިތަކުގެ ވެރިންނެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތްތަކަށް ދަށު ކޯޓުން ވެސް ކުރިއެރުމެއް ނުލިބުނެވެ.

ގޯތިތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ އޭއީއެޗް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާ ގުޅުންހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދަކަށް ވާތީ ކަމަށް ބުނެއެވެ.

އަދި މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ ހުރިހާ ރައްޔިތުންގެ މަސްލަހަތާއި ކަމަށްވާއިރު، އައްޑޫ ރައްޔިތުންގެ މަސްހަލަތާ ގުޅިފައިވާ މި ސަރަހައްދުގައި އާއްމުވެގެންވާ މަންފާއަކަށް ބިން އެލޮކޭޓްކުރެވިފައި ނުވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ދަށު ކޯޓުންވެސް ކުރިއެރުމެއް ނުލިބުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލި އެ މައްސަލާގައި ތިން ފަނޑިޔާރުންގެވެސް އިއްތިފާގުން ނިންމީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަދި ސިޓީ ކައުންސިލުން ގޯތިތައް ނެގުމަށް ނިންމި ނިންމުމަކީ ގާނޫނުގައިވާ އިޖުރާއަތުގެ ބޭރުން ނިންމި ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަކީ ކައުންސިލުން ކޮށްފައިވާ އިއުލާން ބާތިލް ކުރަންޖެހޭ ސަބަބެއް އޮތް ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކޮށްފައިވީ ނަމަވެސް އާއްމު ފައިދާއަށްޓަކައި ބަދަލު ދިނުމަށްފަހު މުދަލެއް ނެގިދާނެ ކަމަށެވެ. އަދި އެގޮތަށް ގާނޫނުއަސާސީގައި ވެސް ބުނެފައިވާ ކަމަށެވެ. އެ މައްސަލާގައި އައްޑޫ ސިޓީ ކައުންސިލުން ވެސް އަމަލު ކޮށްފައި ވަނީ އެ އުސޫލުން ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކައުންސިލުގެ ނިންމުން ގޯސް ކަމަށް ކަނޑައަޅައި ކުރި ހުކުމް ބާތިލުކޮށް ކައުންސިލުގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ. މިގޮތަށް ހުކުމް އިއްވީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫގައި ވެހިކަލް ބުރެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އައްޑުއަތޮޅު މީދޫއާއި ހުޅުދޫގައި އޮތް ...

އިތުރު 43 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު ...