ގިނަ ޑިސްކައުންޓުތަކަކާއެކު އެސްޓީއޯގެ އަހަރީ ސޭލް، ހަމަ އެންމެ ދުވަހެއް

ގިނަ ޑިސްކައުންޓުތަކަކާއެކު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ އަހަރީ ސޭލް މިއަދު ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ ސޭލް އޮންނާނީ މިއަދު ކަމަށެވެ. އެ ސޭލް އަކީ އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސޭލްއެކެވެ. އެ ސޭލް އަކީ ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ހަމަ އެންމެ ދުވަހެއްގެ ސޭލް އެކެވެ.

އެ ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ. އެ ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި (އޭސީ ނޫން އެހެން ހުރިހާ މުދަލުން) 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި އެސްޓީއޯ ސުޕަމާޓުން ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވިއްކާ މުދަލުން 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެއެވެ.

މި ސޭލްގައި ގްރޭންޑް ލަކީޑްރޯއެއް ނެގިގެން ދާނެއެވެ. އެގޮތުން ނަސީބު ވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރެއް ލިބިގެން ދާނެއެވެ. މީގެއިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ބައްތިރީސް އިންޗި ޓީވީއެއް އަދި އެސްޓީއޯ ސުޕަމާޓުން ކޮންމެ 57 ވަނަ ކަސްޓަމަރެއް ގަންނަ މުދަލެއް ހިލޭ ލިބިގެން ދާނެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެކްސިން ނުޖަހާ މީހުން އޮފީސްތަކަށާއި ކެފޭތަކަށް ވަނުން މަނާ ކުރަނީ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ...

ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ީދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، ސަރުކާރުން ހަވާލްކޮށްފައިވާ އެމްޓީސީސީން މީދޫ ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ބައެއް ...