މީދުން ކޮވިޑަށް ފައްސިވި އެންމެން ބަލިން ފަސޭހަވެއްޖެ

މީދުން ކޮވިޑް-19 އަށް ފައްސިވި އެންމެން އެބަލިން ފަސޭހަވެއްޖެ އެވެ.


އައްޑޫއިމަޖެންސީއޮޕްރޭޝަންސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެރަށުން ކޮވިޑަށް ފައްސިވެ ފަރުވާހޯދަމުން ދިޔަ އެންމެން މިހާރު ވަނީ ބަލިން ފަސޭހަވުމާއި އެކު ކަރަންޓީނުން ދޫކޮށްލާފައި އެވެ.


މީދުން އެންމެ ފަހުން ކޮވިޑަށް މީހަކު ފައްސިވެފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.


މީދޫގައި މިފަހުން ( އޮކްޓޯބަރ 28 އިން ފެށިގެން) ކޮވިޑް ފެތުރެން ފެށިފަހުން 68 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި އެވެ.


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫ ސިޓީން މިހާތަނަށް ކޮވިޑް ޓެސްޓް ކުރުމަށް ނެގުނު 35،605 ސުންކުންގެ ތެރެއިން ކޮވިޑަށް ފައްސިވީ 2924 ސުކުންއެވެ. އޭގެ ތެރެއިން 2817 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އައްޑޫން މި ބަލީގައި 12 މީހަކު ވަނީ ނިޔާވެފައިވާއިރު މިހާރު ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން މިހާރު ފަރުވާ ދެނީ އެކަކަށެވެ.


އައްޑޫ ސިޓީން މިހާތަނަށް ކޮވިޑް ޓެސްޓް ކުރުމަށް ޖުމްލަ 35،605 ސުންކު ވަނީ ނަގައިފައެވެ.


އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަނުން ރޭ ހާމަކޮށްފައިވާގޮތުން އައްޑޫސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތައް ހިމެނިފައިވާގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ


• ހިތަދޫ 77
• ފޭދޫ 2
• މަރަދޫ 7
• ހުޅުދޫ 8
• އެހެނިހެން 1

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ރޭގަޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.


މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމަށްވެސް ވަނީ އަންގަވާފައެވެ.

advertisement
Next: ”އިންޑިޔާ އައުޓް“ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް – ނާޒިމް