ރާއްޖެއިން އޮމިކްރޮންގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ރާއްޖޭއިން އިތުރު ހަތަރު މީހުންނަށް ކޯވިޑް ގެ އައު ވޭރިއަންޓް އޮމިކްރޮން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފިއެވެ.


މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން އެޗްޕީއޭއިން ބުނީ، އޮމިކްރޮން ވޭރިއަންޓް ޖެހިފައިވަނީ ރާއްޖެއަށް ދަތުރު ކުރި ހަތަރު ފަތުރުވެރި އަކަށް ކަމަށާއި، މި އެންމެނަކީވެސް ދެކުނު އެފްރިކާއަށް މީގެ ކުރިން ދަތުރުކޮށްފައިވާ ފަރާތްތައް ކަމަށެވެ.


ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޑރ. އަފްޒަލް ވިދާޅުވީ މިކަމާއި ގުޅިގެން މިހާރު ރިސްކް އެސެސްމެންޓްތައް ކުރިއަށްގެން ފަށާފައިވާ ކަމަށާއި، މިކަމާއި ގުޅިގެން އިތުރަށް އަޅަންވީ ފިޔަވަޅުތަކާއި މެދުގައި ވާހަކަދެއްކެވެމުންދާ ކަމަށެވެ. އަދި އިތުރު ފިޔަވަޅުތައް އަޅާނީ މިކަމާއި މެދު ވާހަކަ ދެއްކުމަށް ފަހު ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.


ރާއްޖެއިން ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ފެނިފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ދެކުނު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުންނެވެ.


އާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިން ރާއްޖެ އަންނަ މީހުންނަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ  ޑައިރެކްޓް ...

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު އައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ- ރޮޒެއިނާ

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު މިއައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށް އައްޑޫ ...

އިޔާޟް، އާޒިމަށް: ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ

ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟަށް ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުމުގެ ފުރުސަތު ދޭން ހެޔޮނުވާނެކަމަށް މެދު ...