އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

advertisement

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންސްތައް ހުރި ވޭރިއަންޓް ކަމަށާއި އަދި މި ވޭރިއަންޓުން ނުރައްކާ އިތުރުވެދާނެ ކަމަށް ބަލައި ސަމާލުވުމަށް ޑަބްލިއުއެޗްއޯއިން ވެސް ގޮވާލައިފައިވާ ކަމަށެވެ.

މި ވޭރިއަންޓަށް ޕޮޒިޓިވް ފަތުރުވެރިއެއް ރާއްޖެއިން މިއަދު ފެނިފައިވާއިރު ވޭރިއަންޓާމެދު އިތުރަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭ އިލްތިމާސްކުރާ ކަންކަން

  • މާސްކް އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން
  • ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން،
  • ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން،
  • އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާންމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން،
  • ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން،
  • ކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުން،
  • ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޮސްޓަރ ޑޯޒް ޖެހުން،

މީގެއިތުރުން އެޗްޕީއޭއިން ވަނީ، ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ޙާލަތަށް ބަދަލުތައް މޮނިޓަރކޮށް ބަލަމުން ގެންދަވާނެ ކަމަށާއި، ބަލިކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ހާލަތާގުޅިގެން އަޅަމުންދާނެކަމުގައި ވެސް ވިދާޅުވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ތަފްސީލް އަންނަނީ

އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ރަޝްފާގެ ކުއްލި މަރާއެކު ފުވައްމުލަކުގެ ގިނަ ބަޔަކަށް ސިހުމެއް

ރާއްޖޭގައި ފަހަކަށް އައިސް މަދުން ނޫނީ ދިމާ ނުވާގޮތަކަށް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޒުވާނަކު ރޭ ފަތިހު ...

ކޯވިޑް-19 : ރާއްޖެއިން އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ 52 އަހަރުގެ އަންހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ...