ރާއްޖެއިން އޮމިކްރޯންގެ ކޭސްއެއް ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަންވަނީ ކަށަވަރު ކޮށްދީފައެވެ. އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓުވިޓެއްގައި ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ ޓޫރިސްޓެއް ކަމަށެވެ. މިއީ ރާއްޖެ އިން ފެނުނު މި ވޭރިއަންޓްގެ ފުރަތަމަ ކޭސް އެވެ.

ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 24 ގައި ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ. މިވޭރިއަންޓް އިންޑިއާ އަދި ލަންކާއިންވެސް ވަނީ ފެނިފަ އެވެ.

އޮމިކްރޯން ވޭރިއަންޓާއި ބެހޭ ގިނަ ދިރާސާތައް ސައިންސްވެރިން ކުރަމުން އަންނަ އިރު، މި ވޭރިއަންޓް ފެނިފައިވާ ސައުތު އެފްރިކާގެ ގައުމުތަކުގެ މީހުން، ގިނަ ގައުމުތަކަކުން ވަނީ އެރުން މަނާކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ވޭރިއަންޓްއަށް ޕޮޒިޓިވް ވެފައިވާ މީހުން ދަނީ ފެންނަމުންނެވެ. މި ވޭރިއަންޓްއިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް އެއްވެސް ދިނުމަށް ގައުމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ސްކޮޓްލޭންޑް، ޕޯޗުގަލް، ކެނެޑާ އަދި އިނގިރޭސިވިލާތުން މި ވޭރިއަންޓް ފެނިގެން ރިޕޯޓް ކުރެވިފައިވާއިރު، ނެދަލޭންޑްސް އިންވެސް ވަނީ އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވެ ވެފައިވާ ބަޔަކު ފެނިގެން ރިޕޯޓްކޮށްފައެވެ. ސައިންސްވެރިން އަންދާޒާކޮށްފައިވާ މިންވަރަށް ވުރެން އިތުރަށް މި ވޭރިއަންޓް ޔޫރަޕުގެ ގައުމުތަކުން ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ޑަބްލިޔު.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. ޖޭޕީ ލީޑަރު ގާސިމް ...

އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށް މޯޑީ މަރުޙަބާ ވިދާޅުވެއްޖެ

އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރައްވާ، ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުއަށް އިންޑިއާގެ ...

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...