އައްޑު ސިޓީގައި ކޮވިޑު ކޮންޓްރޯލު ނުކުރެވި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާއްމުކޮށް ވިހި މީހުންނަށްވުރެ ގިނަވެފައިވަނިކޮށް އިއްޔެ އައްޑޫސިޓީން ޕޮޒިޓިވް ވެފައިވަނީ އެންމެ 4 މީހުންނެނެވެ.


އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 114 ސާމްޕަލްގެ ތެރެއިން 4 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.


މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި މީހަކާއި ހުޅުދުން ޕޮޒިޓިވްވި 2 މީހުންގެ އިތުރަށް މަރަދުން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 2834 މީހުންގެ ތެރެއިން 2592 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 232 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 163 ކޭސް އުޅޭއިރު، މަރަދޫގައި 27 ކޭސް، ފޭދޫގައި 05 ކޭސް، މަރަދޫފޭދޫގައި 04 ކޭސް އަދި މީދޫގައި 21 ކޭސް ، ހުޅުދޫގައި 11 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ޖަންތާ ގަރާޖް އާއި ދަކްރައުސް ބައްދަލުކުރިމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

ޔޫރޯ ފުޓްބޯޅަ މުބާރާތް : ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފި

ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފިއެވެ. ރޭ އިޓަލީގެ ރޯމުގައި ފެށުނު މި މުބާރާތުގެ ...