އައްޑޫސިޓީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި

އެއްގެއިން އަނެއް ގެއަށް ދިއުންވަނީ މަނާކުރެވިފައި
advertisement

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން މިއަދުން ފެށިގެން ބައެއް އިތުރު ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިގޮތުން އައްޑޫސިޓީގައި މިއަދުން ފެށިގެން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކަކީ

  • އާއްމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް ( ކުޅިވަރު މުބާރާތްތައް ، ހަފްލާތައް ، ޖަލްސާތައް) ފަދަ ކަންތައްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ސްކޫލްތަކުގެ ކިޔެވުން ފިޔަވައި ސްކޫލްތަކުގައި ހިންގޭ އެހެނިހެން ހަރަކާތްތައް ( މުބާރާތްތައް ، ހަފްލާތައް ،ޖަލްސާތައް ) ފަދަ ހަރަކާތްތައް މިވަގުތައް މަޑުޖައްސާލުން
  • އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުން
  • އައްޑޫގައި ކާފިއު މިހާރު އޮތްގޮތައް ( ރޭގަޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ދެމެހެއްޓުން )

މަތީގައި ދެންނެވިފައިވާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަކަށްވާތީ މިފިޔަވަޅުތަކާއި އެއްގޮތައް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އައްޑޫސިޓީ ކައުންސިލުންވަނީ އިއުތިމާސްކޮށްފައެވެ.

އައްޑޫ ސިޓީ އިން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ  އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސް ރޭގަޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަންފަށާފައިވަނީ  އޮގަސްޓްމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.  

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ދެ ރައީސުންނަށް އައުގުރާނަ ގޮވިޔަ ދީގެންނުވާނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ސޯޝަލް މީޑިއާ ...

މޯލްޑިވިއަން އިން މިއަދުން ފެށިގެން ޓިކެޓް ވިއްކަމުން ދާނީ އަގުހެޔޮ ފެޔާ ތަކުގައި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު މިމަހުގެ 2 ވަނަ ދުވަހު  25 އާއި 30 ޕަސެންޓާ ...

ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...