މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.


އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ބުނެފައިވާގޮތުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 22 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 އިން ފެށިގެން 28 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމަޔަށް ސިޓީކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓާއި ބިޑް ފޯމް ގެ ސޮފްޓްކޮޕީ ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސިޓީކައުންސިލުން މެއިލްކޮށްދޭނެކަމަށްވެސް ސިޓީކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މިއިއުލާނުގައި އިތުރަށް ބުނެފައިވާގޮތުގައި ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.
ބީލަމުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކައުންސިލް އިދާރާއަށް ރިކްއެސްޓްކޮށް ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކުރަންޖެހޭނެކަމަށްވެސް ސިޓީކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 29 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

މިބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 22 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 28 ނޮވެންބަރު 2021 ވާ އާދީއްތަދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުމުން މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 301 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.


މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 3950.00ރ (ތިންހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެކަމަށާ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސްކަމަށްވެސް ސިޓީކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ


ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 05 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00ގައި މީދޫ އަވަށު އޮފީހާއި ކައުންސިލްގެ އިދާރާގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެކަމަށާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.


މިމަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށާ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެކަމަށްވެސް ކައުންސިލުގެ އިއުލާންގައި ބުނެފައިވެއެވެ.


އީމެއިލް: procurement@adducity.gov.mv


މަސްދަރު: އައްޑޫސިޓީ ކައުންސިލްގެ އިދާރާ

Next: އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ އެތަންތަޅާލީމުސް- އަސްލަމު