މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް : ރާއްޖެ ކަޓައިފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިންމެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވެ އެވެ.

މިއަދު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިމެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ

މިމެޗް އެއްވަރުވުމުން 3 މެޗުން ލިބުނު 4 ޕޮއިންޓާއެކު ސީޝެލްސް އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރާއްޖެ ކުޅުނު ތިން މެޗުން ލިބުނީ 2 ޕޮއިންޓެވެ.

މިމެޗްގައި ރާއްޖޭގެ ޓީމްގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ރަތް ކާޑެއް ދައްކައިފަ އެވެ. އަޑުބަރޭއަށް ރަތްކާޑު ދެއްކީ ކުޅެން ނުކުތްތާ މިނިޓެއް ނުވަނީސްއެވެ. އަޑުބަރޭ ކުޅެން އެރީ އަސަދުﷲގެ ބަދަލުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...

ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް

ޓާޝިއަރީ 3 ހޮސްޕިޓަލެއްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ...

އޮމިކްރޯން ވޭރިއަންޓް ސްރީ ލަންކާއިންވެސް ފެނިއްޖެ

އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް ސްރީލަންކާއިންވެސް ފެނިއްޖެވެ. ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ އެކަން ...