ހަކުރު ބަލީގެ ދުވަހާ ގުޅިގެން ފުވައްމުލަކުގައި އެސްޓީއޯގެ ގިނަ ހަރަކާތްތަކެއް

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ފުވައްމުލަކު ސިޓީގައި އެސްޓީއޯ އިން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގޮންގޮސފިއެވެ.

އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި ހަކުރުބަލީގެ ދުވަހާއި ގުޅިގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު  ހަރަކާތްތައް ކުރިޔަށް ގެންދިޔައީ  ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ފުވައްމުލަކު ސިޓީ ކައުންސިލާއި އެސްޓީއޯގެ މެޑިކަލްއާ ގުޅިގެންނެވެ

މި ހަރަކާތްތަކުގެ ތެރޭގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.  އެގޮތުން ހޮނިހިރުދުވަހާއި އާދީއްތަ ދުވަހުވެސް އެ ހަރަކާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ހަކުރު ބައްޔަށް ސްކްރީން ކުރިޔަށް ގެންދާއިރު އައިޖީއެމްއެޗުގައި މިވަގުތު ތިއްބެވި އެންމެ ސީނިއާ ޑޮކްޓަރުން މި ހަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ އެންމެ އިސް ޑޮކްޓަރު އަލީ ލަތީފު ވެސް މި ކޭމްޕުގައި އާއްމުން ބައްލަވާފައިވެއެވެ.

މީގެއިތުރުން އާދީއްތަ ދުވަހުވެސް  ފުވައްމުލަކު ސިޓީގެ ސްކޫލުތަކުގައި ހަކުރު ބައްޔާއި ގުޅޭ ގިނަ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ. އަދި ހޮނިހިރު ދުވަހު ހަކުރު ބައްޔާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހެވެ.

ތިރީގައި އެވަނީ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ބައެއް ހަރަކާތްތައް ދައްކުވައިދޭ ފޮޓޯތަކެއް

ހަކުރުބަލީގެ ދުވަހާއިގުޅުވަިއގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް- ފޮޓޯ: މިކަލް ނިއުސް

ހަކުރުބަލީގެ ދުވަހާއިގުޅުވަިއގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް- ފޮޓޯ: މިކަލް ނިއުސް

ހަކުރުބަލީގެ ދުވަހާއިގުޅުވަިއގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް- ފޮޓޯ: މިކަލް ނިއުސް

ހަކުރުބަލީގެ ދުވަހާއިގުޅުވަިއގެން ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް- ފޮޓޯ: މިކަލް ނިއުސް

advertisement

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައު ޓްރާސްފޯމަރު ގުޅަން މިއަދު މުޅިރަށުން ކަރަންޓް ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މިއަދު  ހުޅުދޫއާއި މީދުން ކަރަންޓް ކަނޑާލާނެ ކަން ފެނަކަ-ހުޅުމީދޫ ބްރާންޗުން އަންގައިފިއެވެ. ފެނަކަ-ހުޅުމީދޫ ...

އައްޑޫ ބްރިޖު މަޝްރޫއަށް ޗައިނާގެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން މި ސަރުކާރުން ނިންމާފައިވާ ބްރިޖު މަޝްރޫއަށް ޗައިނާގެ ކުންފުންޏަކުން ...

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ...